ads
އިންޑިއާ ފަތުުރުވެރިންނަށް ރާއްޖެ އަކީ ރައްކާތެރިތަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ވެބިނާއެއް
އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ ރައްކާތެރިތަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ހާއްސަ ވެބިނާއެއް ބާއްވައިފި އެވެ.

ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓު ގުޅިގެން ކުރިއަށް ގެންދިޔަ އެ ވެބިނާއަކީ އިންޑިއާގެ ފަތުރުވެރިކަމުގެ މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދިޔަ ވެބިނާ އެއް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ. 

އެ ވެބިނާގައި ކޮވިޑް-19ގެ ހާލަތުގައި ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ހިއްސާ ކޮށްފައިވެ އެވެ. 

ވެބިނާގެ ބައިވެރިންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާއި ޕޮލިސީ ލެވެލް ގައި އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. 

އޭގެ އިތުރުން ރާއްޖޭގެ އެއާޕޯޓްތަކާއި ޓޫރިސްޓް އެސްޓެބްލިޝްމެންޓުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ވެސް ވެބިނާގެ ބައިވެރިންނާ ވަނީ ހިއްސާކޮށްފަ އެވެ.

ވެބިނާގައި އިންޑިއާގެ 181 އައުޓްބަންޓް ޓްރެވަލް އޮޕަރޭޓަރުން ބައިވެރިވެފައިވާ އިރު، ބައިވެރިންގެ ސުވާލުތަކަށް ރާއްޖޭގެ ފަރާތުން މި ވެބިނާގައި ބައިވެރިވެ ވަޑައިގަތް ބޭފުޅުން ވަނީ ޖަވާބު ދެއްވައިފައެވެ.

ރާއްޖެ އަކީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ފާއިތުވި އަހަރު ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު މާކެޓަކީ އިންޑިއާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް