ads
ފޮޓޯ: އަލްޖަޒީރާ
ކޯޓުގައި ރަސޫލުކަމަށް ދައުވާ ކުރިކަމުގެ ތުހުމަތުގައި މީހަކު ގަޔަށް ބަޑި ޖަހައިފި
ރަސޫލު ކަމަށް ދައުވާ ކޮށް، ޕާކިސްތާނުގެ ކޯޓުގައި ދީނާއި ހިލާފަށް ވާހަކަދެއްކިކަމަށް ތުހުމަތު ކުރެވޭ މީހަކު ގަޔަށް ބަޑި ޖަހައިފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިއްޔެ ބޭއްވި ކޯޓުގެ އަޑުއެހުމުގައި ރަސޫލު ކަމަށް ދައުވާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ތަހިރް އަހްމަދު ނަސީމް ގަޔަށް ހަ ފަހަރު ބަޑި ޖެހުމުން، އޭނާ ވަނީ މަރުވެފައެވެ.

ދީނާއި ހިލާފަށް އެފަދަ ވާހަކަ ދެއްކުމަކީ މަރުގެ އަދަބު ދެވޭނެ ކުށެއް ކަމަށް ޕާކިސްތާނުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް ސަރުކާރުން މީހަކު މަރާލާފައި ނުވާ އިރު އެފަދަ ތުހުމަތުތަކުގެ ވާހަކަ އަޑުއިވުމަކީ އަނިޔާވެރި ހަމާލާތަކެއް ދިނުމަށް މަގުފަހިވާ ކަމެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރަހިރް އަށް ހަމަލާދިން މީހާ ކަމަށްވާ ހާލިދު ވަނީ ހައްޔަރު ކުރެވިފައެވެ. ކޯޓު ތެރެއަށް ބަޑި ފަދަ އެއްޗެއް އޭނާ ވެއްދިގޮތާއި މެދު މައުލޫމާތު ސާފެއް ނުވެއެވެ. 

2018 ވަނަ އަހަރު ރަސޫލުކަމަށް ދައުވާ ކުރިކަމުގެ ތުހުމަތު ކުރުމުން އޭނާ އޭރުއްސުރެ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް