ads
މޯލްޑިވިއަންގެ ފްލައިޓެއްގައި ފުރި ބަގްލަދޭޝް މީހުން--- ފޮޓޯ:މްލްޑިވިއަން
ހަފްތާ އަކު 2 ދުވަހު މޯލްޑިވިއަންގެ ފްލައިޓްތައް ޑާކާއަށް
އޮގަސްޓް ހަތަރު ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާ އަކު ދެ ދުވަހު މޯލްޑިވިއަން ގެ ފްލައިޓްތައް ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ތާވާލު ކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނީ ޑާކާއަށް ކުރާ ދަތުރުތަކުގެ އެއް ކޮޅު ޓިކެޓުގެ އަގަކީ 433 ޑޮލަރު ކަމަށެވެ. 

އޭގެ އިތުރުން، ޑާކާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ފްލައިޓް ފުރުމުގެ 72 ގަޑި އިރު ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށް، ބައްޔަށް ނެގަޓިވްވެފައި ވާން ޖެހޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. އަދި ބައްޔަށް ނެގަޓިވްވެފައިވާ ކަމުގެ ލިޔުން ޗެކިން ކޮންޓަރަށް ދައްކަންޖެހެ އެވެ. 

އޭގެ އިތުރުން، ޑާކާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކާއި ޑާކާ އިން ރާއްޖެ އަށް އަންނަ ފަރާތްތަކުން ފްލައިޓް ފުރުމުގެ އަދި ޖެއްސުމުގެ 24 ގަޑިއިރު ކުރިން އިމިގްރޭޝަންގެ ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެ އެވެ. 

މޯލްޑިވިއަން އިން ޑާނީ ކޮވިޑް-19 އާއި އެކު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނާއި ގަވައިދާ އެއްގޮތަށް އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ގެންދިއުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީ އާއި ކަމާގުޅޭ އެހެން އިދާރާ ތަކާއި އެކު މަސައްކަތްކުރަމުން ނެވެ.

އެގޮތުން މޯލްޑިވިއަންގެ ފްލައިޓެއް ގައި މީގެ ތިން ދުވަސްކުރިން ވެސް ބަންގްލަދޭޝްގެ 200 ރައްޔިތުން އެ ގައުމަށް ގެންގޮސްފަ އެވެ. މޯލްޑިވިއަން އިން ވަނީ މި އޮޕަރޭޝަންގެ ދަށުން 3،500 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް