ads
މިޝެލް އޮބާމާ އާއި ފިރިކަލުން ބަރަކް އޮބާމާ
އޮބާމާ ދެކެ ލޯބިވެވުނު ސަބަބު މިޝެލް ހިއްސާ ކުރައްވައިފި
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލް އޮބާމާ އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ދެކަނބަލުންނެވެ. އެ ދެކަނބަލުން އެހާ ދުވަހު އެކުގައި އުޅުއްވފައި ވާއިރު، މީހަކު ކާމިޔާބު ވުމުގެ ކުރިން އޭނާގެ ކައިރީގައި ހުންނާނީ ކިހާ ލޯތްބެއް ވާތީ ތޯ ބުނެ ގިނަ ބަޔަކު ވަނީ މިޝެލް އާއި ސުވާލުކުރައްވާފަ އެވެ.

ދަ މިޝެލް އޮބާމާ ޕޮޑްކާސްޓްގެ ނަމުގައި ސްޕޮޓިފައިގައިޕޮޑްކާސްޓްއެއް ލޯންޗުކޮށްފައި ވާއިރު، ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑަށް މިޝެލް ދައުވަތު ދެއްވީ އެކަމަނާގެ ފިރިކަލުން ބަރަކް އޮބާމާ އަށެވެ. 

އެ އެޕިސޯޑުގައި ތަފާތު ގިނަ ވާހަކަތަކެއް ދެކަނބަލުން ދައްކާފައި ވާއިރު، މިޝެލް ވަނީ އެ ދެކަނބަލުން އެންމެ ފުރަތަމަ ދިމާވީ 1989 ވަނަ އަހަރު ކަމަށް ކިޔާދެއްވާފަ އެވެ.

އެކަމަނާ ވިދާޅުވިގޮތުގައި އޮބާމާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގެންނެވީ ދެކަނބަލުން ވެސް ލޯ ފާމެއްގައި މަސައްކަތް ކުރައްވަނިކޮށެވެ. އަދި އެދުވަހުން ފެށިގެން އެކަމަނާގެ ލޮލުގައި އަޅައިގަތް ކަމެއްގެ ވާހަކަ އެކަމަނާ ވަނީ ހިއްސާކުރައްވާފަ އެވެ. 

އެގޮތުން އޮބާމާ ދެކެ ލޯބި ވެވުނު އެއް ސަބަބަކީ އޭރު ވެސް އެމަނިކުފާނުގެ ވިސްނުން ހުރީ "އަޅުގަނޑުމެންނަކީ އެކަކު އަނެކަކުގެ އަހުންނާއި އުހުންތު ކަމަށާއި އެކަކު އަނެކަކަށް އަޅާލަން ޖެހޭނެ ކަމަށެވެ" 

މިއީ އެކަމަނާ ވެސް ބޮޑުފުޅުވަމުން އައި އިރު ކިޔާދިފައި ހުރި ވާހަކަތަކެއްކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ. 

މިޝެލް ވަނީ އެކަމަނާގެ އާއިލާ އާއި އަވައްޓެރިން އަދި މުޖުތަމައުގެ އަމަލުތައް އެކަމަނާގެ ވިސްނުމާއި އެކަމަނާ އަޅާފައިވާ ފިޔަވަޅުތައް ބައްޓަންކުރުމުގައި ބޮޑު ރޯލެއް އަދާކޮށްފައިވާ ކަމަށް ފާހަގަކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް