ads
ހޮޓެލް އޭޝިއާ ފެއާ ކެންސަލްކޮށްފި
ހޮޓެލް އޭޝިއާ ފެއާ މިއަހަރު ނުބާއްވާ ގޮތަށް ނިންމައިފި އެވެ.

ހޮޓެލް އޭޝިއާ ފެއާ މި އަހަރު ނުބާއްވަން ނިންމީ ކޮވިޑް-19 ގެ ސަބަބުން ކަމަށް އެ ފެއާ ރާއްޖޭގައި އިންތިޒާމްކުރާ މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބުނެ އެވެ. 

މެކްސް އިން ބުނީ ކޮވިޑް-19 އާއި އެކު ދަތުރުފަތުރުކުރަން އެޅިފައިވާ ހުރަހާއި އެކު ގިނަ ވިޔަފާރިތައް ފެއާގައި ބައިވެރިވާން ދަތިވެފައިވުމުން ކަމަށެވެ. 

މި އަހަރުގެ ހޮޓެލް އޭޝިއާ ފެއާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން 23 ވަނަ ދުވަހަށެވެ. މި ފެއާ ގައި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެއް ކުރިއަށް ގެންދާ އިރު، މިދިޔަ އަހަރުގެ ކަލިނަރީ ޗެލެންޖުގައި 400 އަށް ވުރެ ގިނަ ޝެފުން ވަނީ ބައިވެރިވެފަ އެވެ. 

ހޮޓެލް އޭޝިއާ ފެއާ ރާއްޖޭގައި ބާއްވާމުން އަންނަތާ 15 އަހަރުވެފައި ވާއިރު، މި ފެއާ އަކީ ރާއްޖޭގައި ބާއްވާ ފެއާ ތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ފެއާ އެވެ.

ކޮވިޑް-19 އާއި އެކު ރާއްޖޭގައި ބާއްވަމުން އަންނަ ފެއާ ތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ ފެއާތައް ކެންސަލްކޮށްލާފައި ވާއިރު، ބައެއް ފެއާތައް ވަނީ ފަސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް