ads
ގއ. ކޮލަމާފުށި--
ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކުރަން ގޮވާލާ ކޮލަމާފުށީގައި މުޒާހަރާކުރަނީ!
18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކުރަން ގޮވާލާ ކޮލަމާފުށީގައި މުޒާހަރާކުރަން ފަށައިފި އެވެ.

އެރަށު ކައުންސިލުގެ ރައީސް އިބްރާހީމް އަލީމް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އިއްޔެ ފިރިހެން ކުއްޖަކަށް ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، އެރަށު ޕޮލިސް ސްޓޭޝަން ދޮށުގައި ޒުވާނުންތަކެއް އަންނަނީ އަޑުއުފުލަމުންނެވެ. 

އެގޮތުން ގާތްގަނޑަކަށް 30 އަހަރުން މަތީގެ އެ ފިރިހެން މީހާ ހައްޔަރުކުރަން ޒުވާނުން ދަނީ ގޮވާލަމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުލުހުން ވެސް މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެގޮތުން މިހާރު އެމީހާ ހައްޔަރުނުކުރެވިގެން އުޅެނީ ކޯޓު އަމުރެއް ނުލިބިގެން ކަމަށް ވެސް ވިދާޅުވި އެވެ. 

މިފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެ، އެފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް