11505
CONFIRMED

DEATHS
10524
RECOVERED
🌏42,562,830
INFECTED
🌏28,700,990
RECOVERED
🌏1,149,202
DEATH
🌏67%
RECOVERY RATE
ޗަރޫ އާއި ރާޖީވް--
ކައިވެނި ނިމުމަކަށް އައިކަމުގެ އަޑުތަކާއެކު ރާޖީވް ހިއްސާކުރީ ފޮޓޯއެއް!
Share
ކައިވެންޏަށް އަހަރެއް ނުވަނީސް، އެކްޓަރު ޗަރޫ އަސޯޕާ އާއި ރާޖީވް ސެންގެ ދެމެދުގައި ގިނަ މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް އެމީހުން ވެސް އެއްބަސްވެއެވެ.
Advertisement

މަޝްހޫރު ބަތަލާ، ސުޝްމީތާ ސެންގެ ކޮއްކޮ، ރާޖީވް ސެން އާއި ޓީވީ ތަރި، ޗަރޫ ކައިވެނިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތްވަނަ ދުވަހެވެ. އެކަމަކު ވަރަށް ފަހުން، ދެ ތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ޑިލީޓް ކުރުމާއެކު މި ދެތަރިންގެ މެދުގައި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގިގެންދިޔަ އެވެ. 

އެކަމަކު ރާޖީވް އަލުން މިވަނީ އެދެމީހުންގެ ކައިވެނީގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ބެލެވޭ ގޮތުގައި މިހާރު މިވަނީ ދެ ތަރިންގެ މެދުގައި ޖެހުނު މައްސަލަތައް ހައްލުވެފަ އެވެ.

މައްސަލަ ޖެހިގެން އުޅުން ދުވަސްވަރު ރާޖީވް އިންޑިއާގެ ނޫހަކަށް ބުނީ، ޗަރޫގެ ބޮލަށް މީހަކު އެރިފައިވާ ކަމަށެވެ. އަދި އެއީ ކާކުކަން ނޭނގުނަސް އެކަން އެނގޭ ދުވަހަކުން ސޯޝަލް މީޑިއާއަށް އެމީހެއްގެ ފޮޓޯ ހިއްސާކޮށް ބަދުނާމުކުރާނެ ކަމަށް ވެސް ބުންޏެވެ. ރާޖީވް ވަނީ، އޭނާގެ ދިރިއުޅުމަށް ގެއްލުންދިނުމަށް ފަހު އެމީހަކަށް މަޑުން ނުހުރެވޭނެ ކަމަށް ބުނެފަ އެވެ.

އެކަމަށް ރައްދު ދެމުން ޗަރޫ ފަހުން އިންޑިއާގެ ނޫހަކަށް ބުނީ، އެއްވެސް މީހަކު އޭނާގެ ބޮލަށް އެރިފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ގަބޫލުކުރާނަމަ، މީގެ ދެމަސް ކުރިން، މިއޮއް ދަތި ދުވަސްވަރު، އޭނާ ދޫކޮށްލާފައި ދިޔައީ ކީއްވެތޯ ވެސް ޗަރޫ ސުވާލު އުފައްދަ އެވެ. 

ޗަރޫ އިތުރަށް ބުނީ އޭނާގެ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމާއި މެދު ގޮތް ނިންމޭހާ އޭނާ ބޮޑު ކަމަށެވެ. އެހެންކަމުން، އެއްވެސް މީހަކު އެމީހުން ދުރުކުރަން މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ. 

އޭގެ އިތުރުން ޗަރޫ ބުނީ މީގެ ދެ މަސްކުރިން ރާޖީވް ދިއްލީއަށް ދިިރިއުޅުން ބަދަލުކޮށްފައިވާ ކަމަށެވެ. 

ޗަރޫ ވަނީ މެރޭ އަންގްނޭ މެއިން ފަދަ ޝޯތަކުން ފެނިގެންގޮސްފަ އެވެ. އަދި ރާޖީވް އަންނަނީ މޮޑެލްއެއްގެ ގޮތުގައި ވެސް މަަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް