ads
ފޮޓޯ:---
ޔަގީންކަމާއި އެކު ދެ ހަފްތާ ތެރޭ 10 ކިލޯ ލުއިކޮށްލައިދޭ ބުއިމެއް
ބަރުދަން ލުއިކުރުމާއި ބަނޑު ހިންދުން ވެފައިވަނީ މީހުންގެ މެދުގައި ވަރަށް ބޮޑު މަސައްކަތަކަށެވެ. ބަނޑު ހިންދުމުގެ ގޮތުން ޑައިޓް ކުރުމާއި ކަސްރަތު ކުރާ މީހުން ވެސް ވަރަށް ގިނަ އެވެ. އަވަހަށް ބަނޑު ހިންދުމަށް ނުވަތަ ބަރުދަން ލުއިކުރަން ބޭނުން ނަމަ ތާޒާ ކާނާގެ އިތުރުން ހަށިގަނޑަށް ފައިދާ ހުރި ބުއިންތައް ބޭނުން ކުރާށެވެ.
Advertisement

ބަރުދަން ލުއި ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ހީކުރެވިފައި އޮތް ނަމަވެސް އެއީ ކުންހީއެއްކަން ކްލިނިކަލް ޖާނަލް އޮފް ބަޔޯ ކެމިސްޓްރީ ފޮތުން މިވަނީ ކަށަވަރުކޮށްދީފަ އެވެ. މިފޮތުގައި ވާގޮތުން މިހާރު އެންމެ ގިނަ މީހުން ކަންބޮޑުވާ އެއްކަންތައް ކަމަށްވާ ފަލަވުން ކޮންޓްރޯލްކޮށްދޭ އެއްޗެއްގެ ގޮތުގައި ލުނބޯ މިވަނީ ހިމެނިފަ އެވެ. 

އާއްމު ގޮތެއްގައި ދިވެހިން ލުނބޯ ބޭނުންކުރަނީ ކެއުމަށެވެ. ލުނބޮލުގައި ވަރަށް ގިނަ ތަފާތު މާއްދާތައް ހިމެނެ އެވެ. އޭގެ ތެރޭގައި ހަކަތަ އާއި ފެޓްގެ އިތުރުން މިނަރަލް ވެސް ހިމެނެ އެވެ. 

ލުނބޮލަކީ ސިޓްރިކް (ހުތް) މޭވާ އަކަށް ވެފައި މިއީ ހަށިގަނޑަށް ވަރަށް މުހިންމު ދެކަމެއް ކޮށްދޭ އެއްޗެކެވެ. އެގޮތުން ލުނބޯ ބޭނުންކުރެއްވުމުން ބަރުދަން ލުއިވެ ހަށިގަނޑުގެ އެތެރެ އެއްކޮށް ދޮވެދީ ސާފުކޮށްދެއެވެ.  

ދެ ހަފްތާ ވަންދެން ކޮންމެ ދުވަހަކު ލުނބޯ ވަކި ގޮތަކަށް ބޭނުންކުރެއްވުމުން ހަށިގަނޑު ރީތިވެ ބޭކާރު މަސްތައް ވިރިގެން ދާނެއެވެ. 

ދެހަފްތާ ވަންދެން ލުނބޯ ބޭނުންކުރައްވާނެ ގޮތް: (ލުންބޯ ޑައިޓް)

ފުރަތަމަ ދުވަސް - އެއްޖޯޑު ފެނަށް އެއް ލުނބޯ ފިއްތައިގެން ބޯނީ

ދެވަނަ ދުވަސް – ދެޖޯޑު ފެނަށް ދެ ލުނބޯ

ތިންވަނަ ދުވަސް - ތިންޖޯޑު ފެނަށް ތިން ލުނބޯ 

ހަތަރުވަނަ ދުވަސް- ހަތަރުޖޯޑު ފެނަށް ހަތަރު ލުނބޯ 

ފަސްވަނަ ދުވަސް - ފަސްޖޯޑު ފެނަށް ފަސް ލުނބޯ 

ހަވަނަ ދުވަސް - ހަ ޖޯޑު ފެނަށް ހަ ލުނބޯ

ހަތްވަނަ ދުވަސް - ދިހަ ޖޯޑު ފެނަށް ތިން ލުނބޯ، އަދި މިއަށް އެއް ސަމްސާ މާމުއި އަޅާނީ

އައްވަނަ ދުވަސް - ހަ ޖޯޑު ފެނަށް ހަ ލުނބޯ 

ނުއަވަނަ ދުވަސް - ފަސް ޖޯޑު ފެނަށް ފަސް ލުނބޯ

ދިހަވަނަ ދުވަސް - ހަތަރު ޖޯޑު ފެނަށް ހަތަރު ލުނބޯ 

އެގާރަވަނަ ދުވަސް - ތިން ޖޯޑު ފެނަށް ތިން ލުނބޯ

ބާރަވަނަ ދުވަސް - ދެޖޯޑު ފެނަށް ދެ ލުނބޯ 

ތޭރަވަނަ ދުވަސް - އެއް ޖޯޑު ފެނަށް އެއް ލުނބޯ 

ސާދަވަނަ ދުވަސް - ދެތަށި ފެނަށް ތިން ލުނބޯ ފިއްތައިގެން ބޯނީ، އަދި އެއް ސަމްސާ މާމުއި އަޅާނީ

މި ޑައިޓުގެ ނަތީޖާ ފެންނާނީ ކެއުމުގެ އެއްގަޑިއިރު ކުރިން ލުނބޯފަނި ބޭނުން ކުރުމުން ކަމަށް އެ ފޮތުގައި ބުނެފައިވެއެވެ. އަދި ގެސްޓްރިކް މައްސަލަ ހުންނަ ފަރާތްތަކުން މި ޑައިޓް ކުރެއްވުމުގެ ކުރިން ޑޮކްޓަރުގެ އިރުޝާދު ހޯދުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.

ލުނބޮއަކީ ލޭ ސާފުކޮށްދޭ ބާވަތެއްގެ ގޮތުގައި ފާހަގަ ކުރެވޭ އެއްޗެކެވެ. ލޭ މައްޗަށް ދިއުން ފަދަ ކަންކަމުން ރައްކާތެރިވުމަށް ލުނބޮއަކީ ވަރަށް ރަނގަޅު ބާވަތެކެވެ. ލުނބޯ ބޭނުން ކުރުމުން ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމާއި ފެޓްސް ނެތިކޮށްލުމަށް ވަރަށް ބޮޑަށް އެހީތެރި ވެދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް