ads
ތުރުކީގެ ސަރުކާރުން އުޅެނީ ކޮވިޑް-19 ކޭސްތަކުގެ އަދަދު އޮޅުވައިލައިގެން!
ތުރުކީގެ ސަރުކާރުން އުޅެނީ އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަސްލު އަދަދު އޮޅުވާލައިގެން ކަމަށް ޓާކިޝް މެޑިކަލް އެސޯސިއޭޝަން އިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން ބުނީ ތުރުކީގެ ސަރުކާރުން ހާމަ ކުރަމުންދާ އަދަދު ތަކަކީ ހަމަ އެކަނި "ގަނޑުފެންކޮޅުގެ" ކުރި ކަމަށެވެ. 

ތުރުކީ ސަރުކާރުން ނަންބަރުތައް އޮޅުވައިލައިގެން އުޅެނީ ކޮވިޑް-19 ގެ ސަބަބުން އެ ގައުމަށް ދިމާވެފައިވާ ޕަބްލިކް ހެލްތު ގެ މައްސަލަތައް ފޮރުވަން ކަމަށް ވެސް އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ. 

ޖުލައި 29 ވަނަ ދުވަހުން ފެށިގެން ތުރުކީ އިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ކްރިޓިކަލް ކެއާ ގައި ފަރުވާދެމުން ދަނީ ކިތައް މީހުނަށްތޯ ސަރުކާރުން ހާމަ ނުކުރާ ކަމަށް އެގައުމުގެ ނޫސްތަކުގައިވެ އެވެ. މިގޮތަށް މި ނަންބަރުތައް ސިއްރު ކުރުމުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށާއި، ނަންބަރުތައް ސިއްރުކުރުމުގެ ސަބަބާ މެދު ޝައްކު ކުރެވެމުންދާ ކަމަށް ވެސް ނޫސްތަކުގައިވެ އެވެ. 

ޓާކިޝް މެޑިކަލް އެސޯސިއޭޝަންގެ ޗެއާމަން ޕްރޮފެސަރު ސިނާން އަދިޔަމަން ވަނީ ކޮވިޑް-19 ގެ ސްޓެޓިސްޓިކްސް ތައް ހިއްސާ ކުރަނީ އެގައުމުގެ ހެލްތު މިނިސްޓްރީއަށް ފެންނަ ގޮތަކަށް ކަމަށް ވިދާޅުވެފައި އެވެ. އޭނާ ވިދާޅުވީ އެ ނަންބަރުތައް ރައްޔިތުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ހުންނަށް ޖެހޭނެ ކަމަށެވެ. އަދި ބައްޔާގުޅޭ ކަންތައްތައް ވިހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި އެވެ. 

އަދިޔަމަން އިތުރަށް ވިދާޅުވީ، ސަރުކާރުގެ ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ކޮންޓްރޯލްކުރަން ނުކުޅެދިފައި ވާކަމަށާއި، ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވާން ފަށާފައިވާ ކަމަށެވެ.

އަދި މުޖުތަމައުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި ނޭޅިއްޖެ ނަމަ އަލްހާ އީދަށް ފަހު އެގައުމުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޓާކިޝް މެޑިކަލް އެސޯސިއޭޝަން އިން ވަނީ ބުނެފަ އެވެ.

ތުރުކީ އިން މިހާތަނަށް 230,873 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކާ އިރު، އެގައުމުން ބަލި ޖެހުނު 5,691 މީހުން ވަނީ މަރުވެފައި އެވެ. އަދި 214,535 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ. 

ތުރުކީ އިން މިވަގުތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނީ 10,647 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް