ads
އެމްޔޫގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ޔޫތު މިނިސްޓަރު ރަސްމީކޮށް ހަވާލުކޮށްދެއްވަނީ
މިއުޒިޝަންސް ޔޫނިއަންއަށް މެމްބަރުން ހޯދަން ހުޅުވާލައިފި
މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމްޔޫ) ގެ ނަމުގައި ފަންނާނުންގެ ޖަމިއްޔާއަށް މެމްބަރުން ހޯދުމަށް ހުޅުވާލައިފި އެވެ.

މިއުޒިޝަނުންގެ ފަންނުވެރިކަން ކުރިއަރުވާ ބާރުވެރިކުރުމަށް އުފެއްދި މި ޖަމިއްޔާއަށް މެންބަރުން ރަޖިސްޓްރީ ވުމަށް ހުޅުވާލައިފައި ވަނީ މިއަދު 12 ޖަހާއިރުއެވެ.

އެމްޔޫ އިން ނެރުނު ބަޔާނެއްގައިި ބުނީ މި ޖަމިއްޔާ އެކުލަވާލުމުގެ މަސައްކަތް ފެށުނީ ލޮކްޑައުންގެ ދުވަސްވަރުގެ ތެރޭގައި ކަމަށެވެ. އެގޮތުން މި ޖަމިއްޔާގެ ފައުންޑިން މެންބަރުންގެ ތެރޭގައި ހިމެނެނީ، އަހްމަދު ޝިހާމް، ނިޝްފާ ނާޝިދު އަދި މަހުރާން މާޖިދުއެވެ. 

މި ޖަމިއްޔާއަށް މެމްބަރުން ހޯދުމަށް އިއުލާނު ކުރުމާއި ގުޅިގެން ޖަމިއްޔާގެ ފައުންޑިން މެންބަރު މަހުރާން މާޖިދު ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ މިއީ ރާއްޖޭގެ މިއުޒިކް ތަރައްގީކޮށް ކުރިއެރުވުމަށް އުފެއްދި ޖަމިއްޔާއެއް ކަމަށެވެ. އަދި މި މަހުގެ 23 ވަނަ ދުވަހު ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޖަމިއްޔާގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ރަސްމީކޮށް ހަވާލުކޮށްދެއްވާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

މި ޖަމިއްޔާގެ މަސައްކަތް ރަސްމީކޮށް މިއަދު ފެށިގެން ދިއުމާއި އެކު ޖަމިއްޔާގެ ވެބްސައިޓް ވެސް މިއަދު ހުޅުވާނެ ކަމަށާއި ޖަމިއްޔާގައި ބައިވެރިވުމަށް އެދޭ ފަންނާނުންނަށް، ރަޖިސްޓަރީ ވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައި ވާކަމަށް މަހުރާން ބުނި އެވެ. އަދި ރަޖިސްޓްރޭޝަން ކަންކަން ނިމުނުހާ އަވަހަކަށް ޖަމިއްޔާގެ މެންބަރުންގެ ތެރެއިން ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމަށްޓަކައި އެނުއަލް ޖެނެރަލް މީޓިންގް (އޭޖީއެމް) އެއް ބާއްވާނެ ކަމަށާއި ޖަމިއްޔާގެ މަގްސަދުތައް މެންބަރުންގެ މެދުގައި މަޝްވަރާ ކުރާނެކަން ފާހަގަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް