ads
އެމްޓީސީސީ ޓަވަރު---- ފޮޓޯޯ ޕީއެސްއެމް
ދެވަނަ ކުއާޓާގައި އެމްޓީސީސީ އަށް ފައުދާގެ ގޮތުގައި 15 މިލިއަން ރުފިޔާ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް އެކުންފުނީގެ ކުއާޓަލީ ރިޕޯޓުން ދައްކައިފި އެވެ.

އެމްޓީސީސީ އިން އާންމު ކުރި އެ ކުންފުނީގެ ދެވަނަ ކުއާޓާގެ މާލީ ރިޕޯޓް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި އާމްދަނީ ގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 248 މިލިއަން ރުފިޔާ އެވެ. މިއީ ފުރަތަމަ ކުއާޓާގައި ލިބުނު 354 މިލިއަން ރުފިޔާ އާއި އަޅާބަލާ އިރު، 106 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. 

އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ނިމިދިޔަ ކުއާޓާގައި 27 މިލިއަން ރުފިޔާ އެމްޓީސީސީ އަށް ލިބިފައިވާއިރު، ފުރަތަމަ ކުއާޓާގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 72 މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ލިބިފައި އެވެ. 

ހަރަދުތައް ކެނޑުމަށް ފަހު ޓެކްސް އަށް ކެނޑުމުގެ ކުރިން އެކުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 17.7 މިލިއަން ރުފިޔާ އެވެ. އަދި ޓެކްސް އަށް 2.7 މިލިއަން ރުފިޔާ ކެނޑުމުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާގައި ލިބިފައި ވަނީ 15 މިލިއަން ރުފިޔާ އެވެ. 

އެކުންފުނިން ވަނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ މަސައްކަތްތަކަށް ތިން ލައްކަ ރުފިޔާ ފާއިތުވި ކުއާޓާ ގައި ހޭދަކޮށްފައި އެވެ. 

އެމްޓީސީސީ އިން ނިމިދިޔަ ކުއާޓާގައި 75 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވާއިރު، 14 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން ވަނީ ނިންމާލާފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް