ads
ޓެކްނޮލޮޖީ މިނިސްޓަރު މަލީހް--
އުއްމީދަކީ ދިރާގުގެ ލުއިތަކާއި އެކު ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެން ދިއުން: މަލީހް
ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތްތަކަށް ގެނައި ބަދަލުތަކާއި އެކު ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ މި ދަތި ދަނޑިވަޅުގައި ދިރާގުން ރައްޔިތުންނަށް ފޯރުކޮށް ދެއްވި ލުޔަށް ދިރާގުގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައި އެވެ. 

އަދި މި ލުއިތަކުގެ ސަބަބުން މިވަގުތަށް ރައްޔިތުންނަށް އެދެވޭ ތަސައްލީއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެ ޓުވީޓްގައިވެ އެވެ. 

މިނިސްޓަރު މިހެން ޓުވީޓް ކުރައްވާފައި މިވަނީ ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު، އިތުރު ހަރަދަކާނުލައި 20 އިންސައްތަ އާއި 65 އިންސައްތަ އާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެކަމަށް ދިރާގުން ބުނުމުން ނެވެ. 

ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައުމާއި އެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ދިރާގުން ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބާ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކޮށްފައި އެވެ. 

ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20 އިންސައްތަ އާއި 65 އިންސައްތަ އާއި ދެމެދުގެ އިތުރު ޑޭޓާ ލިބިގެން ދާއިރު، މި އަޕްގްރޭޑް އާއި އެކު ފައިބާ ޕެކޭޖްތަކުގެ ސްޕީޑްވެސް އަވަސްވެގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މިނިސްޓަރު ވަނީ އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އިތުރު ކޮށްގެންނަމަވެސް އިންޓާނެޓްގެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅަންޖެހޭކަމަށް މީގެ ތިން މަސް ދުވަސް ކުރިން ވިދާޅުވެފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް