ads
ފޮޓޯ: ކައިލާން
އިޒަބެލް ޑުޕޮންޓް ގެ ރާއްޖޭގެ ބްރޭންޑް އެމްބަސަޑަރަކަށް އައްޒަ!
ތުރުކީގެ މަޝްހޫރު ހަލާލް މޭކަޕް ބްރޭންޑް، އިޒަބެލް ޑުޕޮންޓް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށް ބްރޭންޑް އެމްބަސަޑަރަކަށް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އައްޔަންކޮށްފިއެވެ.

މި ބްރޭންޑް ރާއްޖެއަށް ތައާރަފް ކޮށްފައިވަނީ ޓީވީއެމް އިން ގެނެސްދިން އީދު ޝޯގެ ތެރެއިންނެވެ.

ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމަށް ތައާރަފްކޮށްފައިވާ މި ބްރޭންޑް ރާއްޖެއަށް ތައާރަފް ކުރުމަށް ބޭއްވި އިވެންޓްގައި މި ބްރޭންޑް ރާއްޖެއަށް ތައާރަފްކޮށްދީފައިވަނީ ބްރޭންޑް ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރާ ކައިލާން ޓްރޭޑިންގެ އެމްޑީ އަހުމަދު ސާތިރު އާއި ބްރޭންޑް އެމްބަސަޑާ އައްޒައެވެ.

އިޒަބެލް ޑުޕުންޓްގެ ފުލް ރޭންޖް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށްފައި މިވަނީ، މި ބްރޭންޑް ރާއްޖެ އެތެރެކޮށް ދުވަސްތަކެއްގައި ބޭނުން ކުރުމަށްފަހު، ކަސްޓަމަރުންގެ ފީޑްބެކަށް ބެލުމަށްފަހު މި ބްރޭންޑް އުފައްދާ ތުރުކީގެ ކުންފުންޏާ މަޝްވަރާ ކުރެވި ދިވެހިންގެ ގައިގެ ހަމާ އަދި ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ އެކަށީގެންވާ ބަދަލުތައް ގެނައުމަށްފަހު ކަމަށް ކައިލާން އިން ބުނެ އެވެ. 

މި ބްރޭންޑަކީ ހަލާލް އުފެއްދުމަކަށް ވާއިރު، ބްރޭންޑްގެ ޕްރޮޑަކްޓްތައް އުފެއްދުމަށް ބޭނުންކޮށްފައިވާ މާއްދާ ތަކަކީ ހަށިގަނޑުގެ ހަމަށް ފައިދާހުރި މާއްދާތަކެވެ. ރަލާ، އެއްވެސް ކަހަލަ ކެމިކަލެއް، އަދި ޖަނަވާރުގެ އެއްވެސް މާއްދާއެއް ނުހިމެނޭގޮތަށް އުފައްދާފައިވާ މި ކޮލެޓީ ބްރޭންޑްގައި ހަށިގަނޑުގެ ހަމަށް ގިނަ ދުވަހުން ގެއްލުން ލިބޭނެ އަދި ކެންސަރަށް މަގުފައިވާފަދަ އެއްވެސް މާއްދާއެއްވެސް އެކުލެވިގެނެއް ނުވެއެވެ.

އިޒަބެލް ޑުޕުންޓްގެ ފުލް ރޭންޖް ރާއްޖެއަށް ރަސްމީކޮށް ތައާރަފް ވުމާއެކު، ކަސްޓަމަރުންނަށް ދޭން ބޭނުންވާ އުފާވެރި ހަބަރަކީ މި ބްރޭންޑްގެ ގިނަ އުފެއްދުން ތަކުގައި ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދާ މިފަދަ އެހެން ބްރޭންޑްތަކުގައި ނެތް ހާއްސަ ސިފަތައް ހުންނާނެކަން ކަމަށް ކައިލާން އިން ފާހަގަކުރެ އެވެ.  

އެގޮތުން އައިލައިނާ ސީރީސްތެރޭގައި ހިމެނޭ ހުރިހާ އުފެއްދުންތަކަކީވެސް ވޯޓަ ޕްރޫފް އުފެއްދުންތަކެއް ކަން ކައިލާން އިން ފާހަގަކުރެ އެވެ. އަދި ލިޕްޓިކްސް ސީރީސް ތެރޭގައި ހިމެނޭ މެޓް ސީރީސްތަކަކީ އަބަދުވެސް ދިވެހިން އެންމެ ބޭނުންވާ ރީތި ކުލަތަކުގެ ޕްރޮޑަކްޓްކަން ވެސް ކައިލާން އިން ފާހަގަކުރެ އެވެ. 

އިޒަބެލް ޑުޕޮންޓް މޭކަޕް ބްރޭންޑަކީ މިވަގުތު ރާއްޖޭގެ މާކެޓްގައިހުރި އަގުގެ ގޮތުންނާއި ކޮލެޓީގެ ގޮތުން އެންމެ ރަނގަޅު ބްރޭންޑް ކަމަށާއި ކައިލާން ޓްރޭޑްގެ އަމާޒަކީ މި ބްރޭންޑްގެ އުފެއްދުންތައް ވީ އެންމެ ހެޔޮއަގުގައި ދިވެހިންނަށް ފޯރުކޮށްދިނުން ކަމަށް ކައިލާން އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް