ads
ޕިލިޕީންސްގެ ރައީސް ރޮޑިރިގޯ ޑުޓާޓް
ދުނިޔޭގެ އެންމެ ފަގީރު ހިސާބުތަކަށް ކޮވިޑް-19 ގެ ވެކްސިން ހިލޭ
ދުނިޔޭގެ އެންމެ ފަގީރު ހިސާބުތަކަށް ކޮވިޑް-19 ގެ ވެކްސިން ހިލޭ ފޯރުކޮށްދޭނެ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑިރިގޯ ޑުޓާޓް ވިދާޅުވެއްޖެ އެވެ.

ރޮޑްރިގޯ ވިދާޅުވީ އެގައުމުތަކުގެ 20 މިލިއަނެއްހާ މީހުންނަށް މިވެކްސިން މިއަހަރުގެ ޑިސެމްބަރު މަހު ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ރޮޑްރިގޯ މިހެން ވިދާޅުވީ މިއަހަރުގެ ފަހުކޮޅު "ނިއު ނޯމަލް" އަކަށް ދިއުމަށް އެގައުމުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ގައުމާ މުހާތަބުކޮށް ވާހަކަދައްކަވަމުންްނެވެ.

"ޑިސެންބަރު މަހު އަޅުގަނޑުމެންނަށް އާންމު ހާލަތަކަށް ދެވޭނެ. ނިއު ނޯމަލް އާއި މެދު މަބޮޑަށް ނުވިސްނާ. ކުރިންވެސް އަޅުގަނޑު ބުނިހެން ވެކްސިން އަަށް އިންތިޒާރު ކުރަމާ ހިގާ، ޑިސެންބަރު އަންނަންދެން މަޑުކޮށްލާ!" 

ރެޑްރިގޯ އިތުރަށް ވިދާޅުވި ގޮތުގައި ނިއު ނޯމަލް އަކަށް ނުދާނެ ކަމަށާއި ދާނީ ނޯމަލް އަކަށެވެ.

ފައިނޭސް ސެކްރެޓަރީ ކާލޯސް ޑޮމިންގްއޭޒް ވިދާޅުވި ގޮތުގައި ސަރުކާރަށް 40 މިލިއަން ޑޯޒް ވެކްސިން (20 ބިލިއަން ރުފިޔާގެ ވެކްސިން) ދެވޭ ވަަރަށް ފައިނޭސިން ޕްލޭން ހެދިފައިވާ ކަމަށެވެ. ކާލޯސް ބުނީ ޖަހަން ޖެހޭނީ އެއް ވެކްސިންކަމެއް ނޫނީ ދެ ޝޮޓްކަން އަދި ނޭނގޭ ކަމަށެވެ.

ކާލޯސް އިތުރަށް ވިދާޅުވީ އެކަމަށް ބޭނުންވާ ސަރުކާރުގެ ޕްލޭންތައް ހެދިފައިވާ ކަމަަށާއި ބޭނުންވަނީ ބޭނުން ކުރަންވީ ކޮން ވެކްސިނެއްކަން ޑިޕާޓްމެންޓް އޮފް ހެލްތް (ޑީއޯއެޗް) އިން ނިންމުން ކަމަށެވެ. ކާލޯސް ވަނީ މިއަހަރު ނިމޭއިރު ވެކްސިން ލިބެން ހުރެއްޖެނަމަ މިހާރުވެސް ގަނެވިދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރޮޑްރިގޯ ވިދާޅުވާ ގޮތުން ކޮވިޑް-19 ބަލިން ރައްކާތެރިވުމަށް ބޭނުން ކުރާ ވެކްސިން ފުރަތަމަ ލިބޭނެ ކަމަށް ބެލެވެނީ ޗައިނާއިން ނެވެ.

މިހާތަަނަށް މުޅި ދުނިޔެއިން 17,601,361 މީހަކަށް މިބަލި ޖެހިފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 10,342,362 ގައެވެ. މީގެ އިތުރުން ބަލީގައި މިހާތަަނަށް 679,600 މީހުން މަރުވެފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް