ads
ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓް---
ބަލިމަޑުކަން އެންމެ ބޮޑު 31 ގައުމަށް ކުވައިތުގެ ކޮމާޝިއަލް ފްލައިޓްތަށް ދަތުރުކުރުން ހުއްޓާލައިފި
ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެ ބޮޑު ގައުމުތަކުގެ ތެރެއިން 31 ގައުމަށް ކުވައިތުގެ ކޮމާޝިއަލް ފްލައިޓްތަށް ދަތުރުކުރުން ހުއްޓާލައިފި އެވެ.

ކުވައިތުން ދަތުރުކުރުން ހުއްޓާލަފައިވާ ބައެއް ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން ، އިޖިޕްޓް، ފިލިފީންސް، ލެބަނާން އަދި ސިރީލަންކާ އެވެ. މީގެ އިތުރުން މި ލިސްޓްގައި ޗައިނާ، އީރާން، ބުރެޒިލް، މެކްސިކޯ، އަދި އިޓަލީގެ އިތުރުން އިރާގްވެސް ހިމެނެއެވެ. ކުވައިތުގައި މި ގައުމަތުކުގެ އެތަށް ހާސް މަސައްކަތްތެރިންނެއް އުޅެއެވެ.

ކޮވިޑް-19 ހަލުވިކަމާއިއެކު ދުނިޔޭގައި ފެތުރެމުންދާތީ ކުވައިތުން ހައި ރިސްކް ގައުމުތަަކަށް އެ ގައުމުގެ ފުލައިޓްތައް ދަތުރުކުރުން ހުއްޓާލާފައިވާއިރު، އެގައުމުން ހާމަކުރާ ގޮތުގައި ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓްތަކުގެ މަސައްކަތްތަށް މިއަދުން ފެށިގެން ހިގާނީ 30 ޕަސެންޓް ކެޕޭސިޓީ އާއި އެކުގައެވެ. އެހެންނަމަވެސް މިއަންނަ މަހުން ފެށިގެން އެއާޕޯޓުގެ މަސައްކަތްތަށް އިތުރު ކުރާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކުވައިތުން މިހާތަނަށް 67,000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 400 އެއްހާ މީހުން މިބަލީގައި މަރުވެފައިވެއެވެ. 

ކުވައިތުގައި މިވަގުތު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް