ads
ލޯބިވެރިޔާ އަރްހާނުގެ ދަރިއަކު ހުރިކަން ސަލްމާން ފަޅާ އަރުވާލުމުން ރަޝަމީއަށް ޝޮކެއް!
މަޝްހޫރި ރިއަލިޓީ ޝޯ، ބޮގް ބޮސް، 13 ގައި ރަޝަމީ ދެސާއީ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައިވާ އަރްހާން ހާނު ވެސް އެކުގައި ފެނިގެންދާއިރު ޝޯގެ ހޯސްޓް ސަލްމާން ބޮޑު ކަމެއް ފަޅާއަރުވާލައިފި އެވެ.
Advertisement
މަޝްހޫރު ރިއަލިޓީ ޝޯ، ބިގް ބޮސް، 13 ގައި ރަޝަމީ ދެސާއީ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް އަޑު ފެތުރިފައިވާ އަރްހާން ހާނު ވެސް އެކުގައި ފެނިގެން ދާއިރު ޝޯގެ ހޯސްޓް ސަލްމާން ބޮޑު ކަމެއް ފަޅާއަރުވާލައިފި އެވެ.

ޝޯގެ ކުރިއަށް އޮތް ބައިގެ ކުރު ޓީޒާއެއް މިހާރު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ވާއިރު ފެނިފެން ދަނީ ސަލްމާން، އަރްހާނުގެ ކައިރީ އޭނާގެ އާއިލާގައި ތިބެނީ ކޮން ބައެއްތޯ ސުވާލު ކުރާ ތަނެވެ. އެގޮތުން އަރްހާނު، އާއިލާގައި ތިބޭ މެމްބަރުން ކިޔައި ދިނުމުން ސަލްމާން ވަނީ ވަރަށް ބޮޑަށް ރުޅި އައިސްފަ އެވެ. އަދި މުޅި ދުނިޔެއަށް ސިއްރުކޮށްގެން އުޅޭ ދަރީގެ ވާހަކަ ނުބުނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އެއާއެކު ރަޝަމީއަށް ބޮޑު ޝޮކެއް ލިބުނު މަންޒަރު ވެސް ފެނިގެންދެ އެވެ.

ރަޝަމީ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެ ވެ. އޭނާ ކައިވެނިކޮށްފައި ވަނީ ޓީވީ އެކްޓަރު ނަންދީޝް ސަންދޫ އާ 2012 ވަނަ އަހަރު އެވެ. އެ ދެމީހުންގެ ކައިވެނި ރޫޅިފައި ވަނީ 2016 ވަނަ އަހަރު އެވެ.

އޭގެ ފަހުން ރަޝަމީ އާއި އަރްހާނުގެ ގުޅުމާއި ގުޅިގެން ވަރަށް ބޮޑަށް އަޑުތައް އަރާފައި ވާއިރު އެމީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެއީ ގާތް ރަހުމަތްތެރިކަން ކަމަށް ވެސް ބުނެފަ އެވެ. ކުރިން ދެ ތަރިން އެކުގައި ބިގް ބޮސް އިން ފެނިގެންދާ ވާހަކަތައް ފެތުރުމުން ވެސް އެކަން އެމީހުން ދޮގު ކުރި އެވެ.

ރަޝަމީ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "އުއްތަރަން" އާއި "މަހާސަންގަމް" އަދި "ބޭލަން ވާލީ ބަހޫ" ހިމެނެ އެވެ.

ރަޝަމީއަކީ މި އަހަރު ބިގް ބޮސްއަށް ނެގި އެންމެ އަގު ބޮޑު ތަރި ވެސް މެއެވެ. އެގޮތުން އެ ޝޯގައި މަސައްކަތް ކުރުމަށް އޭނާއަށް 1.2 ކްރޯޑް ރުޕީސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;