ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
ފެން ބިލް ދައްކައިގެން ނަސީބުވެރިންނަށް 1،000 ރުފިޔާ!
މާލޭ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓިޑް (އެމްޑަބްލިއުއެސްސީ) ގެ ފެން ބިލްތަށް ދައްކައިގެން 1،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު 10 ނަސީބުވެރިންނަށް 1،000 ރުފިޔާ ގެ ގިފްޓް ކާޑެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

"1ހާސް 1ހާސް!" ގެ ނަމުގައި ކުރިއަށްދާ މި މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޯގަސްޓް އެއް ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ގެ ނިޔަލަށް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި މުއްދަތުގެ ތެރޭގައި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ހުރިހާ ފެންބިލަކަށް ފައިސާ ދައްކަވާ ހަލާސް ކުރާ ކޮންމެ ފަރާތަކަށް ވެސް މި ޕްރްމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. 

އޭގެ އިތުރުން ވަކި މަސްތަކަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަވަމުންގެންދާ ފަރާތްތަކަށްވެސް މުއްދަތު ހަމަވެފައިވާ ބިލްތަކައް ފައިސާ ދެއްކުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

އެ ކުންފުނިން ވަނީ ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް ވެސް ބުނެފަ އެވެ. 

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެކުންފުނިން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމުރުންނަށް އަމާޒުކޮށް ކުރިއައްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީ ގެ މޯބައިލް އެޕް އާއި، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކް ނުވަތަ ނަގުދު ފައިސާއިން ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް