ads
ވެމްކޯގެ މުވައްޒިފުން ކުނި ގެންދަނީ---ފޮޓޯ:ރާއްޖެއެމްވީ
އިމާރާތުގެ ތިރިން ކުނި ނަގަމުން އައި އައުން ދިގު ދަންމާލައިފި
މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ބޭރުން ކުނި ނަގަމުން އައި އައުން މުއްދަތެއް ނެތްގޮތަށް ވެމްކޯ އިން ދިގުދަންމާލައިފި އެވެ.

ވެމްކޯ އިން ބުނީ މާލެ ސަރަހައްދުގެ ކޮވިޑް-19 ގެ ހާލަތަށް ބެލުމަށް ފަހު ގޭބީސީތަކުގެ ބޭރުން ކުނި ނަގަމުން އައި އައުން ދިގުދައްމާލަން ނިންމީ ކަމަށެވެ. 

މިދިޔަ ޖޫން މަހު ގޭބީސީތަކުގެ ބޭރުން ކުނި ނެގުމުގެ އިންތިޒާމްތައް ވެމްކޯ އިން ހަމަޖައްސާ އެގޮތަށް ކުނި ނަގާނެ ކަމަށް ބުނެފައި ވަނީ އޮގަސްޓް މަހާއި ހަމަ އަށެވެ. އެހެން މިއަދަށް އެ މުއްދަތު ހަމަވުމުން ވެމްކޯ އިން މިވަނީ އަނެއްކާ ވެސް އަލުން އެގޮތަށް ކުނި ނެގުމަށް ނިންމާފަ އެވެ.

އެހެން ކަމުން ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކި ވަކި ފަންގިފިލާތަކަށް ކުނި ނެގުމަކަށް ނުވަންނާނެ އެވެ. 

އެގޮތުން ކުނި ނެރުމަށް ހަމަޖެހިފައި ވަނީ، ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާ ދެމެދުގައި ކަމަށެވެ. އަދި އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ދުރާލާ ހަމަޖެހިފައިވާ ގޭބިސީއެއްނަމަ އެ ދުވަހެއްގެ 18:00 ގެ ނިޔަލަށް އިމާރާތަށް ވަދެ ނިކުމެވޭނެ ފަދަ އިންތިޒާމެއް ހަަމަޖައްސަން ވާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ. 

އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް ވެމްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް