ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވްވި 156 މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި 20 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.
އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 3949 އަށް އަރާފައިވާއިރު މިހާރު ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ 1305 އަށް އަރާފަ އެވެ.
މިއަދު އިތުރު ހަ މީހަކު ބަލިން ރަނގަޅުވެ، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2613 އަށް އަރާފަ އެވެ.
ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު އުޅެނީ 16 ގަ އެވެ.