ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މަރުވެފައި ވަނީ 52 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 17 ވަނަ މީހާ އެވެ.
އެޗްޕީއޭ އިން ބުނީ މިރޭ 11:20 ގައި މަރުވި އެމީހާއަކީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އެމީހާއަކީ އިއްޔެ 4:40 ގައި ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗުގެ އިމަޖަންސީ ރޫމުން ފަރުވާ ހޯދަން އައި މީހެކެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އަދި ބަންގްލަދޭޝް މީހުންތަކެއްގެ އިތުރުން ފިލިޕިންސްގެ މީހަކު ވެސް ކޮވިޑް ޖެހިގެން މަރުވެފައިވެ އެވެ.