ޝައްކެއްވެސް ނެތް ގޮތުގައި މެވާއަކީ ފޮނި އެއްޗިއްސަށް ލޯބިކުރާ ފަރާތްތަކަށް ހަކުރު ބޭނުންކުރަން ބޭނުންކަމުގައި ވާނަމަ ކެވިދާނެ ވަރަށް މުހިންމު އެއްޗެކެވެ. މޭވާގެ ސަބަބުން ހަށިގަނޑަށް ނިއުޓްރިއެންޓްސް ލިބިދޭ މިންވަރު އިތުރުކޮށް، ސިއްހީ ގޮތުން ރަނގަޅު ޑައިޓެއްގައި ހުރުމަށް އެހީވެދެއެވެ. އެކަމަކު ބައެއް މޭވާ ތަކުގައި ހަކުރު ގިނަ އަދަދަކަށް އެކުލެވިގެން ވާކަންވެސް ދަންނަންޖެހެއެވެ.
މިލިއުމުގައި މިބަލާލަނީ ހަކުރުގެ ބާވަތް މަދުން ބޭނުން ކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުން ކުރެވިދާނެ ބައެއް ފައިދާ ހުރި މޭވާތަކަވެ.
- ސްޓްރޯބެރީ:
ސްޓްރޯބެރީގައި އެހެން ބެރީސްތަކާއި އެއްގޮތަށް ވަރަށް ބޮޑަށް ފައިބާ ހިމެނެއެވެ. އަދި ސްޓްރޯބެރީގައި ހިމެނެނީ އެންމެ އަށް ގުރާމްގެ ހަކުރެވެ. އެއީ ވިޓަމިން ސީ ވެސް އެކުލެވޭ ކާލަން މީރު މެވާ އެކެވެ.
- ޕީޗް:
މި މޭވާ އަކީ ފޮނި މޭވާއަކަށް ވީނަމަވެސް މީގައި ހިމެނެނީ އެންމެ 13 ގުރާމް ހަކުރެވެ.
- ބުލޫބެރީ:
ސްޓްރޯބެރީގެ އާއިލާގައި ހިމެނޭ ބުލޫބެރީގައިވެސް ހިމެނެނީ ހަތަރު ގުރާމާއި ފަސް ގުރާމުގެ ހަކުރެވެ. މި މޭވާ ގައި 5.3 ގުރާމު ފައިބާ އާއި 1.39 ގުރާމު ޕޮރެޓިން އެކުލެވެއެވެ. ބުލޫބެރީގައި ރަނގަޅު ވަރަކަށް އެންޓިއޮކްސްޓިޑެންޓް ވެސް ހެމެނެއެވެ.
- ލުނބޯ:
ކާންލަން ލުނބޮއެއް ބޭނުންކުރާ މީހުން ވަރަށް މަދުވާނެއެެވެ. އެހެންނަމަވެސް މި މޭވާ އަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނޭ މޭވާއެކެވެ. އަދި ލުނބޯ ގައި ހިމެނެނީ އެންމެ ދެ ގުރާމް ހަކުރެވެ. ހެނދުނު ހޭލާފައި ލުބޯހުތް އަޅަގެން ފެން ތަޓެއް ބޯލުމަކީ ވަރަށް ގިނަ ސިއްހީ ފައިދާ އޭގެ ސަބަބުން ހަށިގަނޑަށް ލިއްބާދޭނެ ކަމެކެވެ.
- އޮރެންޖު:
އޮރެންޖު ޖޫހުގައި ހުންނަ ވިޓަމިން ސީ އަކީ ހަންގަނޑަށް ވަރަށް ގިނަ ފައިދާތަށް ލިއްބައިދޭ މާއްދާއެކެވެ. މި މެވާ ގައި 14 ގުރާމް ޑައިޖެސްޓަބަލް ހަކުރު ހިމެނޭ އިރު އަހަރެމެން އާންމުކޮށް މާރުކޭޓުން މި ގަންނަ ޖޫސްތަކަށް ވުރެ މީގެ މޭވާއެއް ހުހާ ކާލުމުން ލިބިދޭ ފައިދާ ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.
އިންސާނާ ދުވާލެއްގެ މަައްޗަށް އެމީހެއްގެ ކެއުމުގައި ހިމަނާ މޭވާގެ އަދަދު ގިނަ ކުރުމަކީ އޭގައި ނުހަނު ގިނަ ސިއްހީ ފައިދަ އެކުލެވޭ ކަމެކެވެ. މީގެ ތެރޭގައި މީހާގެ ބަރުދަން އެއްވަރެއްގައި ހިފަހަށްޓާލަދީ ސިއްހަތު ރަނގަޅުވެ ދުޅަހެޔޮކަން އިތުރުކޮށްދިނުން ހިމެނެއެވެ.
ކޮންމެ ދުވަހަކުވެސް މޭވާގެ ބާވަތެއް ކެއުމުގައި ހިމަނާލާށެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންސްގެ އިތުރުން ފައިބާ އާއި ނިއުޓްރިންޓްސް ލިބިގެންދާނެ އެވެ.