ads
ފްލައިޓެއް ދަތުރުކުރަނިކޮށް
އިންޑިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ފެށުން ފަސްކޮށްފި
އިންޑިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ފެށުން އަނެއްކާ ވެސް އެ ގައުމުން ފަސްކޮށްފި އެވެ.

ސިވިލް އޭވިއޭޝަންގެ ޑިރެކްޓޮރޭޓް ޖެނެރަލް (ޑީޖީސީއޭ) އިން ބުނިގޮތުގައި އިންޑިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް މިދިޔަ މަހުގެ ނިޔަލަށް ހުއްޓުމަކަށް ކުރިން ގެނެސްފައިވާ ގެނައުން މިހާރު ވަނީ މިމަހުގެ ނިޔަލަށް ދިގު ދަންމާލާފަ އެވެ.  

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިންޑިއާގެ ގައުމީ އެއާލައިންގެ އާންމު ދަތުރުތައް ފެށުން ފަސް ކުރި ނަމަވެސް، އެމެރިކާ، ފްރާންސް އަދި ޖާމަނީ އާއެކު އިންޑިއާއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމެރިކާ އާއި ފްރާންސް އަދި ޖަރުމަނީ އަށް ދަތުރުތައް ކުރާނެ އެވެ. އެ ތިން ގައުމާއެކު އިންޑިއާއިން ވެފައިވާ އެއްބަސްވުމަކީ ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ސަރަހައްދުތަކުން ވަކި އަދަދެއްގެ މީހުންނަށް ދަތުރުކުރެވޭ ގޮތަށް އެ ގައުމުތަކާ އެކު ޓްރެވަލް ބަބްލް ނަމުގައި ހަދާފައިވާ އެއްބަސްވުމެވެ.

ހަމަމިއާއެކު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަރުކާރުގެ ގަވާއިދުތަކާއި އެއްގޮތަށް ކެނަޑާ އަދި އިނގިރޭސިވިލާ ފަދަ އެތައް ގައުމަކާ އެކު އިންޑިއާގައި ޓްރެވަލް ބަބްލުގެ ދަށުން ދަތުރުތައް ފެށުން އެކަށީގެންވާ ކަމަށް މީޑިއާއިން ބުނެ އެވެ.

ގައުމީ އެއާލައިންގެ ދަތުރުތައް ފެށުން ފަސްކުރެވިފައިވީ ނަމަވެސް ޑީޖީސީއޭއިން ހާއްސަ ހުއްދަ ދީފައިވާ ގައުމީ ކާގޯ އޮޕަރޭޝަންތަކާއި ފްލައިޓްތައް އޭގައި ހިމެނިފައިނުވާ ކަމަށް ޑީޖީސީއޭއިން ބުނެ އެވެ.

ކޮވިޑާއި ގުޅިގެން އިންޑިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް މާޗް މަހުގެ 22 ވަނަ ދުވަހު ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. މާޗް 22 ވަނަ ފެށިގެން މިހާތަނަށް ގައުމުން ބޭރުގައި އުޅުނު އިންޑިއާ ރައްޔިތުން ގައުމަށް ގެނައުމަށް 2500 އަށް ވުރެ ގިނަ ދަތުރުކުރުމުގެ ހުއްދަ ގައުމީ އެއާލައިންނަށް ދީފައިވާކަމަށް ޑީޖީސީއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް