މާލެއާ 105 ކިލޯމީޓަރު ދުރުގައި އޮންނަ މިރިސޯޓަށް ވެލާނާ އެއާޕޯޓުން ސީޕްލޭންއެއްގައި ދާނަމަ 30 މިނެޓުން ދެވެއެވެ.
އދ. އަތޮޅުގެ ހުރުހެޅި ނަމަކަށް ކިޔާ ރަށެއްގައި ތަރައްގީކޮށްފައިވާ އެ ރިސޯޓުގައި ފެމެލީ ވިލާ އާއިއެކު 128 އެކްސްކުލޫސިވް ވިލާގެ އިތުރުން ޕްރިމިއަމް ވޯޓާ ވިލާއެއް ހެދާފައިވެ އެވެ. އެ ރިސޯޓް ހެދިފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްތަކާއި ރާއްޖޭގެ އެންމެ މަޝްހޫރު ރިސޯޓްތަކުގެ ތަޖުރިބާ ވެސް ކޮށްލެވޭ ގޮތަށެވެ.
ރެޑިސަން މޯލްޑިވްސް އަކީ ކުރެވިފައިވާ އަދި ރެޑިސަން ގްރޫޕްއިން ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ރިސޯޓެވެ. އެ ރިސޯޓަކީ ރެޑިސަން ހޮޓެލް ގްރޫޕާއި ޝަން ހުއާ ހޯލްޑިންސް އާއި ގުޅިގެން ތަރައްގީކުރެވިފައިވާ ރިސޯޓެކެވެ.
ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓްގެ ފުރަތަމަ ފަތުރުވެރިންނަށް އިއްޔެ އެ ރިސޯޓުން ވަނީ މަރުހަބާ ކިޔާފައިވެ އެވެ.
ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ހުޅުވާ ހިދުމަތް ދެމުންދާއިރު ރާއްޖޭން ދަނީ ކޮވިޑް-19 ގެ ސަބަބުން ހުއްޓިފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތު އަނެއްކާ ނަގާ ކޮޅަށް ޖެހުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދަޔަ މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއިއެކު 67 އަށް ވުރެ ގިނަ ރިސޯޓުން މިހާރު ދަނީ އަލުން ހިދުމަތް ދެމުންނެވެ.