ads
މީރާގެ ހެޑް އޮފީސް--
ނުލިބި ހުރި 169 މިލިއަން މީރާއިން ހޯދައިފި
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 199 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
Advertisement

މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކާއެކު 169.3 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.

ބޭންކް އެކައުންޓުތައް ފްރީޒްކޮށްގެން މީރާއިން ދެ މިލިއަން ރުފިޔާ ހޯދިއިރު ޑަނިން ޕޮލިސީގެ ދަށުން ވަނީ 61.1 މިލިއަން ރުފިޔާ ހޯދާފަ އެވެ/ އަދި ރިމައިންޑާ ކޯލްސް އާއި އިމެއިލް މެދުވެރިކޮށް 71.2 މިލިއަން ރުފިޔާ ހޯދާފައިވާއިރު ޑިއުސް ކްލިޔަރެންސްގެ ގޮތުގައި ވަނީ 31.7 މިލިއަން ރުފިޔާ ހޯދާފަ އެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި އިންކަމް ޓެކްސް ދައްކަން 31738 މީހުން ރަޖިސްޓްރީކޮށްފައިވާއިރު ޓީޖީއެސްޓީއަށް 2086 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. 

އަދި ޖީއެސްޓީ ދެއްކުމަށް 12343 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު ގްރީން ޓެކްސް ދެއްކުމަށް 1168 މީހަކު ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެ އިތުރުން އެއާޕޯޓްސް ސާވިސް ޗާޖަށް 45 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާއިރު އަށް ފަރާތަކުން ވަނީ ބޭންކް ޕްރޮފިޓް ޓެކްސް ދައްކަން ރަޖިސްޓްރީކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް