ads
ރޮނާލްޑީނިއޯ ޕެރަގުއޭ ފުލުހުންގެ ބެލުމުގެ ދަށުގައި
ރޮނާލްޑީނިއޯ ގޭ ބަންދުން ދޫކޮށްލަނީ
ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި ގޭ ބަންދުކޮށްފައި ހުރި، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑީނިއޯ މިނިވަންވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
Advertisement

ރޮނާލްޑީނިއޯ ބަންދުކޮށްފައިހުރީ، މަސް ދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހުއެވެ.

ޕެރަގުއޭއަށް ވަގު ޕާސްޕޯޓެއްގައި އެތެރެވުމުގެ ކުށުގައި ރޮނާލްޑީނިއޯ ހައްޔަރުކުރީ މާރިޗު މަހު އެވެ. މާރިޗު މަހު ރޮނާލްޑީނިއޯ ހައްޔަރުކުރުމަށް ފަހު އެންމެ ފުރަތަމަ އޭނާ ބަންދުކޮށްފައި ހުރީ ޕެރަގުއޭގެ ޖަލެއްގަ އެވެ. ޖަލުގައި ހޭދަކުރި މުއްދަތަށް ފަހު ދެން އޭނާ ބަދަލު ކުރީ ގޭ ބަންދަށެވެ. ގޭ ބަންދުގެ މުއްދަތު ރޮނާލްޑީނިއޯ ގުނަމުން އަންނަނީ ޕެރަގުއޭގެ ލަގްޒަރީ ހޮޓަލެއްގައެވެ. 

ޖަލުން، ގޭ ބަންދަށް ބަދަލުކުރީ ކަފާލާތުގެ ދަށުން 1.3 މިލިއަން ޕައުންޑު ބެހެއްޓުމަށް ފަހުއެވެ. ރޮނާލްޑީނިއޯ ބަންދުކޮށްފައި ހުރި ހުރުން ގޯސް ކަމަށް ބުނެ އެ މައްސަލަ އޭނާގެ ފަރާތުން ޕެރަގުއޭގެ އިސްތިއުނާފީ ކޯޓެއްގައި އިސްތިއުނާފުވެސް ކުރިއެވެ. އެހެންނަމަވެސް އޭނާއަށް އިސްތިއުނާފު މައްސަލަ ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލަ ރޮނާލްޑީނިއޯގެ މައްޗަށް ސާބިތުވުމަށް ވުރެ ގާތީ ނުވުމެވެ. އަދި ރޮނާލްޑީނިއޯ ވަރަށް އަވަހަށް މިނިވަންވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރިވި ރޮނާލްޑީނިއޯގެ ސައްހަ ޕާސްޕޯޓް އޮންނަނީ ބްރެޒިލްގެ އިމިގްރޭޝަނުން ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ބްލޮކްކޮށްފަ އެވެ. އެއީ އޭނާއާއި ގުޅޭ ގޮތުން ބެލި މައްސަލައެއްގައި ދައްކަން ޖެހުނު ޖޫރިމަނާއެއް ނުދައްކާ އޮތުމުގެ ސަބަބުންނެވެ.

މިހާރު ކުޅުން ހުއްޓާލާފައިވާ ރޮނާލްޑީނިއޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާވަނީ ދެހާސް ދެވަނަ އަހަރު ފީފާ ވޯލްޑްކަޕް ބްރިޒިލުން ކާމިޔާބު ކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ރޮނާލްޑީނިއޯވަނީ ބާސެލޯނާއާއި އެކުއެ ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގުވެސް ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް