އިޓާލިއަން ލީގުގައި އޭނާވަނީ ޖުމްލަ ތިރީސް ހަ ގޯލް ޖަހާފައެވެ.
އިޓާލިއަން ލީގުގައި 36 ގޯލް ޖަހައިގެން ޔޫރަޕްގެ ގޯލްޑަން ޝޫ އިމޮބިލޭ ހާސިލުކުރި އިރު، އޭނާއާ އެންމެ ގާތުން ވާދަކުރީ 34 ލަނޑާއި އެކު ޖަރުމަނުގެ ބަޔާން މިއުނިކުގެ ރޮބަޓް ލެވޮންޑޮސްކީ އެވެ. ތިންވަނަ ހޯދީ 31 ގޯލާއި އެކު ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މިއީ އިމޮބިލޭ، އިޓާލިއަން ލީގުގެ ރަންބޫޓް ހޯދި ތިން ވަނަ ފަހަރެވެ.