އަމީތާބު ކުރި ޓްވީޓެއްގައި ބުނީ، އޭނާ ބައްޔަށް ނެގެޓިވްވެ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަމީތާބު ވަނީ އޭނާއަށްޓަކައި ހެޔޮ ދުއާކުރި ފަރާތްތަކަށް ވެސް ޝުކުރުއަދާކޮށްފަ އެވެ.
އަމީތާބު ބައްޔަށް ނެގެޓިވްވެގެން ދޫކޮށްލި ނަމަވެސް އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަން އަދި ވެސް ކޮވިޑުން ރަނގަޅެއް ނުވެ އެވެ.
އަބީޝޭކް ކުރި ޓްވީޓެއްގައި ބުނީ ބައްޕަ ބައްޔަށް ނެގެޓިވްވެގެން ދޫކޮށްލިނަމަވެސް އޭނާ، އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށެވެ.
ބައްޗަން އާއިލާއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެގެން އަމީތާބަށް ފަރުވާދިންއިރު ފަހުން އަބީޝޭކް ޕޮޒިޓިވްވެ އޭނާގެ އަންހެނުންނާއި ދަރިފުޅަށް ވެސް ބަލި ޖެހުނެވެ.
އެކަމަކު އަންހެނުންނާއި ދަރިފުޅު ވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.