ads
ޔާސިރު--
ޔާސިރު ޔަހުޔާ މަރުވެއްޖެ
ރާއްޖޭގައި ހައްޔަރު ކޮށްފައި ހުރި ޔަމަންގެ މީހާ، ޔާސިރު ޔަހުޔާ މަރުވެއްޖެ އެވެ.

ޓެރަރިޒަމާއި ގުޅުންހުރި ކަމެއްގައި 2017 ވަނަ އަހަރުގައި ޔާސިރު ޔަހުޔާ ހައްޔަރު ކޮށްފައިވަނީ، ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެންނެވެ.  

ކަރެކްޝަންސް އިން ބުނީ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ކޮންޓްރޯލާރ އޮފް އިމިގްރޭޝަންއަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖެއިން ފުރުވާލެވެންދެން ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާ މަރުވެފައިވާ ކަމަށެވެ. 

އޭނާ މަރުވެފައި ވަނީ މިއަދު 16:25 ގައި އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ކަމަށާއި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ ކެއުމަން އިންކާރުކޮށް ހާލު ސީރިއަސްވަމުންދިޔުމާއި ގުޅިގެން ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ކަރެކްޝަންސް އިން ވަނީ އޭނާ މަރުވުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަދި އާއިލާއަށް އެކަން ހިއްސާކޮށްފައިވާ ކަމަށް ވެސް ބުނެފަ އެވެ.

ޔާސިރު މަރުވުމުގެ ކުރިން އޭނާ ވަނީ ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައި ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ސިވިލް ކޯޓުން ނިންމަވާފައިވަނީ އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ.

ޔާސިރުގެ މައްޗަށް ދައުވާއެއްވެސް ކޮށްފައި ނުވާއިރު އޭނާ ހައްޔަރު ކޮށްފައިވާތީ، ޔަހުޔާ ވަނީ މީގެ ކުރިން އެކި ފަހަރުމަތިން ބަޑުހައި ހޫނުކަމުގެ ހަޅުތާލުތައްވެސް ކޮށްފައެވެ. މީގެ ކުރިންވެސް ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކޮށްގެން ޔާސިރުއަށް ވަނީ އިމަޖެންސީގައި ފަރުވާ ދީފައިވެއެވެ.

ޔާސިރު ޔަހުޔާއަކީ ދިވެއްސަކާއި ކަވެނިކޮށްގެން އުޅޭ މީހަކަށްވާއިރު އެދެމަފިރިންގެ ކުއްޖަކުވެސް ހުރެއެވެ. އަދި ޔާސިރުގެ އަންހެނުންވަނީ އެކި ފަހަރު މަތިން ޔާސިރަށް އިންސާފް ލިބޭތޯ އެތަށް މަސައްކަތް ތަކެއް ކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް ޔާސިރަށް އިންސާފް ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރި ޔާސިރު ވަނީ އަހުމަދިއްޔާ ސްކޫލާއި އަރަބިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް