ads
ފޮޓޯ: އުރީދޫ--
އުރީދޫގެ އަތޮޅު ދުވުން ވާޗުއަލްކޮށް!
އޫރިދޫއިން ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބާއްވާ "އަތޮޅު ދުވުން" އިއުލާން ކޮށްފި އެވެ.

އޫރިދޫން ބުނީ "ކަލާރަން" ގައި ލިބުނު ތަރުހީބާއިއެކު އަނެއްކާވެސް މިފަހަރު ތާފަތު ދުވުމެއް ބާއްވަން ނިންމާފައިވަނީ ރާއްޖޭގެ 20 އަތޮޅެއްގައި ކަމަށެވެ.

އޫރިދޫން މައުލޫމާތުދޭ ގަޮތުގައި މިދުވުން އޮންނާނީ މިމަހުގެ 28 ވާ ހުކުރު ދުވަހު އުރީދޫގެ ހިދުމަތަކަށް 15 އަހަރު ފުރުމުގެެ މުނާސަބަތުގަ އެވެ. 

އުރިދޫން ބުނީ މި ފަހަރު އަަތޮޅު ދުވުން ގެ ނަމުގައި ބާއްވަން ގަސްތުކުރާ މި ދުވުމުގެ މައިގަނޑު މަގުސަދަކީ ކޮވިޑްގެ މިހާލަތުގައި އެކަކު އަނެކަކުގެ ދެމެދުގައި އޮންނަ ގުޅުންތައް ކުޅިވަރުގެ ތެރެއިން ބަދަހި ކުރުން ކަމަށެވެ.

އަތަޅުތަކުން 20 މީހަކު މި ދުވުމުގައި ބައިވެރިވާއިރު، އަތޮޅު ތަމްސީލް ކުރުމުގެ ގޮތުން މީސްމީޑިއާގައި ވަގުތުން ވީޑިއޯ ޢައި ފޮޓޯތައް އެފަރާތްތަކުން ހިއްސާކުރަމުންދާނެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަނިން ޓްރައިލްތަކުގެ ރީތިކަން ދައްކާލުމުގެ ފުރުސަތުވެސް މިފަރާތްތަކަށް ލިބިގެންދާނެއެވެ. އޫރިދޫން ބުނީ އަތޮޅުތައް ތަމަސީލް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެ ރަށްރަށުގެ އާންމުން ގައިދުރުކަން ބަހައްޓާގެން ބައިވެރިވުމަށް އެދޭ ކަމަށެވެ.

އޫރިދޫ އުފެދުނީއްސުރެ އަބަދުވެސް އޫރިދޫން ދަނީ މުޖުތަމައުގެ ތެރޭގައި އޮންނަ ގުޅުންތައް ބަދަހި ކުރުމަށްޓަކައި އެފަދަ އިންޒާމުތައް ހަމަޖައްސަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް