ads
ޓިކްޓޮކް
ޓިކްޓޮކް މައިކްރޮސޮފްޓުން ގަތުމުގެ މަޝްވަރާތަކަށް 45 ދުވަސް ދީފި
ޓިކްޓޮކް އުފެއްދި ޗައިނާ ކުންފުނި، ބައިޓް ޑާންސްއިން އެ އެޕްގެ މައިކްރޮސޮފްޓަށް ވިއްކުމުގެ މަޝްވަރާތައް 45 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެއްބަސްވެވަޑައިގެންފި އެވެ.
Advertisement

އެމެރިކާގެ ސެކިއުރިޓީ އޮފިޝަލުން، ޓިކްޓޮކް އިން އެމެރިކާގެ ރައްޔިތުންގެ ޕާސަނަލް މައުލޫމާތު ހޯދާ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު، ޓްރަމްޕް ވަނީ ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.  

އެމެރިކާގައި ކޮންމެ މަހަކު އެކްޓިވްކޮށް ޓިކްޓޮކް ބޭނުންކުރާ 80 މިލިއަނެއްހާ މީހުން އުޅޭކަމަށް ރިޕޯޓްކޮށްފައިވެ އެވެ. 

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޗައިނާގެ ކުންފުނީގެ ބާރުގެ ދަށުގައި ޓިކްޓޮކް އޮންނަހާ ހިނދެއްގައި ޓިކްޓޮކް އަކީ އެމެރިކާއަށް އޮތް ނުރައްކަލެއް ކަމަށް އެ އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ. މައިކްރޮސޮފްޓުގެ ސީއީއޯ ސަޓްޔާ ނަޑެއްލާ އާ އެކު ޓްރަމްޕް ބޭއްވި ބައްދަލުވުމަށް ފަހު  ޓިކްޓޮކް ގަތުމުގެ މަސައްކަތް ކުރާނެކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ

އެ ބައްދަލުވުމުގައި އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރާނެ ކަމަށް ވެ އެވެ. 

ނޮވެމްބަރު މަހު އެމެރިކާގައި ރިޔާސީ އިންތިހާބު ބާއްވާއިރު މިހާރު އެމެރިކާގައި ޓިކްޓޮކް މަނާ ކުރުމަކީ ގާނޫނީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވާނެކަމެއް ކަމަށް ވެ އެވެ. 

ބައިޓް ޑާންސްއާއި މައިކްރޮސޮފްޓާއި ދެމެދު ކުރެވޭ މަޝްވަރާތައް ކޮމިޓީ އޮން ފޮރިން އިންވެސްޓްމެންޓް އިން ދަ ޔުނައިޓަޑް ސްޓޭޓްސް އިން ބަލަމުންދާނެކަމަށް ވެއެވެ. 

މައިކްރޮސޮފްޓް އިން ބުނީ ޓިކްޓޮކް ގަނެވިއްޖެ ނަމަ އެމެރިކާ، ކެނަޑާ، އޮސްޓްރޭލިއާ އަދި ނިއުޒިލެންޑް ފަދަ ގައުމުތަކުގައި ހިންގާ ޓިކްޓޮކް އޮޕަރޭޝަންތައް ހިންގުމުގައި އިސް ނަގާނެ ކަމަށެވެ. އަދި ޓިކްޓޮކް ބޭނުން ކުރާ އެމެރިކާ މީހުންގެ ޕްރައިވެޓް ޑާޓާ ހަމައެކަނި އެމެރިކާގައި ހުރުމުގެ ޔަގީންކަން ދޭނެ ކަމަށްވެސް މައިކްރޮސޮފްޓްއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް