ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ލޯ މެޑަލް ހޯދައިފި އެވެ.

Advertisement
ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ލޯ މެޑަލް ހޯދައިފި އެވެ.
ރާއްޖެއިން ލޯ މެޑަލް ހޯދީ ލީގު ބުރުގެ ފަހު މެޗުގައި 1-2 އިން ސްރީލަންކާ ބަލި ކުރުމަށް ފަހުގަ އެވެ. މިއީ މި މުބާރާތުގައި އަންހެން ފުޓްބޯޅަ ޓީމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
ރާއްޖޭގެ ގޯލުތައް ކާމިޔާބުކޮށްފައި ވަނ އައިމިނަތު ޝާމިލާ އާއި އައިޝަތު ފިރުޝާ އެވެ. މުބާރާތުގެ ލޯ މެޑަލް ރާއްޖެއަށް ލިބުނު އިރު، ލީގު އުސޫލުން ކުރިއަށްދާ މި ބައިގެ ފައިނަލުގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލެވެ.
އަންހެން ފުޓްބޯޅަ ޓީމުން ހޯދި ކާމިޔާބީއާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ ޓީމަށް މަރުހަބާ ދަންނަވާފަ އެވެ.