މި ލަވަ މިމަހުގެ 21 ގައި ނެރޭގޮތަށް ހަމަޖައްސާފައި ވާއިރު މިފަހަރު ނެރޭ ލަވައިގެ ނަމަކީ "ޑައިނަމައިޓް" ކަމަށް އެ ބޭންޑުން ބުނެއެވެ.
މިކަން ޔަގީން ކޮށްދީފައިވަނީ ސައިތު ކޮރިއަން ލޭބަލް ބިގް ހިޓް އެންޓަޓެއިންމެންޓް އިން ކޮށްފައިވާ ޓުވީޓެއްގަ އެވެ.
ބިގް ހިޓް އެންޓަޓެއިންމެންޓް އިން މި ހަބަރު ހިއްސަ ކޮށްފައިވަނީ ފިޔާތޮށި ކުލައިގެ ބީޓީއެސް ލޯގޯ ޖަހާފައިވާ ޕޯސްޓަރަކާ އެކު އެވެ. އޭގެ މަތީގައި އެކި ކުލަތަކުން "ޑައިނަމައިޓް" ޖަހާފައިވާއިރު ތިރީގައި "އޯގަސްޓް 21 ގައި އަންނަނީ" ޖަހާފައިވެއެވެ.
ބީޓީއެސް އަކީ ދިވެހި ޒުވާން އަންހެން ކުދިންގެ މެދުުގައިވެސް ވަރަށް މަޝްހޫރު ކޮރިއަން ޕޮޕް ބޭންޑެކެވެ. މީގެ އިތުރުން ބީޓީއެސްގެ އެތައް މިލިއަން ފޮލޯވަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުއެވެ.