ads
ބިދޭސީންތަކެއް ހިދުމަތް ހޯދުމަށް ކިއު ޖެހިފައި --
ބަންދު ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްދޭ ގޮތްތަށް އިއުލާން ކޮށްފި
ސަރުކާރު ބަންދު ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ދެމުންދާނެ ގޮތްތައް އިއުލާން ކޮށްފި އެވެ،

އިކޮނޮމިކް މިނިސްޓްރީން ބުނީ ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތްތައް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާކަމަށެވެ. 

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެ މިނިސްޓްރީން ހިދުމަތް ދެމުންދާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 14:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ބިޒްނަސް ޕޯޓަލް http://business.egov.mv މެދުވެރިކޮށް ކަމަށެވެ. އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެ މިނިސްޓްރީން ހިދުމަތް ދެމުންދާނީ، ކޮންމެ ދުވަހަކު ހެދުނު 9:00 އިން މެންދުރުފަހު 14:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

 މީގެ އިތުރުން، އޮންލައިން ހިދުމްތައްތައް ފިޔަވައި އެހެނިހެން މުހިންމު ހިދުމަތަކަށް އެދެން ބޭނުން ނަމަ [email protected] އަށް އީމެއިލް ކުރެވޭނެކަމަށާއި އަދި މިނިސްޓްރީގެ ލައިވްޗެޓް މެދުވެރިކޮށް އާންމު މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތަށް ދެމުންދާނެ ގޮތްތަށް އިއުލާން ކޮށްފައި ވާއިރު، ބީއެމްއެލްއިން ވެސް ބުނެފައިވަނީ މާލޭ ސަރަހައްދުތަކުގެ މެއިން ބްރާންޗްތަކުގެ ހިދުމަތާއި ސާވިސް ސެންޓަރުތަކުން މިއަދުން ފެށިގެން ވެސް ހިދުމަތް ލިބޭނެ ކަމަށެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ، ބަލި ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހުގެ ނިޔަލަށް އޮފީސްތައް ބަންދުކުރަން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް