ފުލުހުން ބޮޑުފިނޮޅުގައި-- ފޮޓޯ: ފުލުހުން
ބޮޑުފިނޮޅުން ހައްޔަރުުކުރި ބިދޭސީން ދޫކޮށްލަން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
Share
ބޮޑުފިނޮޅުން ހައްޔަރުކުރި 19 ބިދޭސީ މަސައްކަތްތެރިން ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ ބަންދަށް ބަދަދަލުކޮށްފައިވާތީ، ހެބިއަސް ކޯޕަސް އަމުރެއްގެ ދަށުން އެމީހުން ދޫކޮށްލުމަށްއެދި ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
Advertisement

ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާއިރު ފުލުހުން ވަނީ އެފަރާތްތައް އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ. އެ ބިދޭސީންގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބިދޭސިން އިމިގްރޭޝަންގެ ބަންދަށް ބަދަލުކޮށްފައިވަނީ ޤާނޫނާއި ހިލާފަށްކަމަށެވެ. 

ބިދޭސީންގެ ވަކީލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ބިދޭސީން ބަންދުން ދޫވުމަށްފަހުވެސް މިނިވަންކަން އެހެންގޮތަކަށް ހިފެހެއްޓުމުގެ ބޭނުމުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ބަދަލުކުރުމަކީ އެންޓިޓޯޗާގެ އަމަލެެއްކަމުގައި ދެކޭކަމަށެވެ. އަދި ފުލުހުންގެ އެ އަމަލަކީ ބިދޭސީ މަސައްކަތްތެރިން ނިޒާމުގެ ތެރެއިން ގެއްލުވާލުމުގެ ބޭނުމުގައި ހިންގާފައިވާ ޤާނޫނާ ހިލާފު ދަށުދަރަކައިގެ އަމަލެއްކަމަށްވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ. 

މީގެ އިތުރުން އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނާއި ހިލާފަށް އިމިގްރޭޝަންގެ ބަންދުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މައްސަލަ އޮގަސްޓް ހަތަރުވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އަދި ޖުމުލަ 14 ނުކުތާއެއްގެ މައްޗަށް އެކުލެވޭގޮތަށް ހެބިއަސް ކޯޕަސް އަމުރެއްގެ ދަށުން ބިދޭސީ މަސައްކަތްތެރިން ވަގުތުން ދޫކޮށްލުމަށް އިމިގްރޭޝަންގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވާކަމަށްވެސް ވަކީލުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް