ads
ފޮޓޯ: އެމްޓީސީސީ
ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިއްޖެ
ވ. ފެލިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.
Advertisement

އެމްޓީސީސީން ނެރުނު ނޫސްބަޔާނުގައި ބުނީ ފެލިދޫ ބަނދަރު މަސައްކަތް މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ނިމިފައިވާ ކަމެވެ.

ފެލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި، 61 މީޓަރުގެ ބޭރު ސަރަހައްދެއްގައި ބޭރު ތޮއްޓެއްލާފައިވާކަމަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވާ ކަމަށާއި ބަނދަރާ އިންވެގެން 610 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި  މިމަޝްރޫއުގެ ދަށުން ބަނދަރު ބައްތި ޖަހާފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އިންފްރާސްޓްރަކްޗަ މިނިސްޓްރީން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެކުންފުނިން ސޮއިކުރެވިފައިވަނީ މިދިޔައަހަރު ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އީއައިއޭ ހުއްދަ ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.  

ފެލިދޫ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރު ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ފަށާފައިވާއިރު އެ މަޝްރޫއުއަކީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ދެވަނަ ކުއާޓަރުގެ ތެރޭގައި 14 މަޝްރޫއުއެއް ނިންމާފައިވާއިރު އަށް މަޝްރޫއުއެއްގެ މަސައްކަތް މި ކުއާޓާރު ތެރޭގައި ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ކ. ތިލަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއާއި އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫއުއާއި ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށިލުމުގެ މަޝްރޫއު ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. 

މީގެ އިތުރުން ގއ. ވިލިނގިލި ބަނދަރު ހެދުމުގެ މަޝްރޫއުއާއި ގއ. ވިލިނގިލި އަދި ލ. ގަން އަދި ގދ. ތިނަދޫގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަޝްރޫއުވެސް ހިމެނޭ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. ހަމަމިއާއެކު ގދ. މާވަރުލު އެއާޕޯޓު ޕެސެންޖަ ޓާމިނަލް ހެދުމުގެ މަޝްރޫއު އާއި ގދ. މާވަރުލު ބަނދަރު ހެދުމުގެ މަޝްރޫއު އަދި އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް