ads
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ހިމެނޭ ބޭފުޅުން -- ފޮޓޯ: ޑީޖޭއޭ
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި އެވެ.
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މި މަޖިލީހަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާ ގުޅިގެން ޑީޖޭއޭއާ ހަވާލުކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލެވުނު މަޖިލީހެއް ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި މިއިސްލާހުގެ ސަބަބުން ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭ މައްސަލަތައް ކޯޓަށް ހުށަހެޅުން މަނާކުރެ އެވެ. އޭގެބަދަލުގައި ޖޭއެސްސީގެ ނިންމުންތައް އިސްތިއުނާފް ކުރަން ޖެހެނީ މިއަދު އެކުލަވާލި ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގަ އެވެ.

މަޖިލީހުގައި ތިއްބަވަނީ ތިން މަރުހަލާގެ ކޯޓުތައް ތަމްސީލް ކުރާ ތިން ފަނޑިޔާރުންނެވެ. އެގޮތުން މިހާރު އެކުލަވާލާފައިވާ މަޖިލީހުގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އެވެ.

ޑީޖޭއޭ އިން ބުނީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލެވިފައިވާތީ އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މި މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ޑީޖޭއޭ ގައި މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ މައްސަލަތަކުގައި ޖޭއެސްސީން ނިންމާ ނިންމުންތައް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅޭނީ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވަން ނިންމާ ނިންމުންތައް ފިޔަވައި ދެން ހިމެނޭ މައްސަލަތަކުގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް