ads
ދިއްގަރު--
ހަތަރު ފަޅުވެރިއަކު ޕޮޒިޓިވްވެ ދިއްގަރަށް ފުރި ބޯޓު އަނބުރާ މާލެ އަންނަނީ!
މ. ދިއްގަރަށް ދަތުރުކުރަމުންދިޔަ އެރަށު "ރޯޔަލް" ބޯޓުން ހަތަރު ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބޯޓު އަނބުރާ މާލެއަށް ދަތުރު ފަށައިފި އެވެ.

އެރަށު ކައުންސިލުގެ ނައިބް ރައީސް ޔަހްޔާ އަބްދުއްރަހްމާން، ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ބޯޓުގެ ހަތަރު ފަޅުވެރިއަކު ޕޮޒިޓިވްވެފައިވާކަން ހިއްސާކުރެއްވީ މިއަދު އެރަށުގެ ސިއްހީ މަރުކަޒުގެ ވެރިޔާއަށް ގުޅުމަށް ފަހެވެ. 

އެ ވަގުތު ބޯޓު ދަތުކުރަމުންދިޔައީ ދިއްގަރަށް ކަމަށް މައުލޫމާތު ލިބުމާއެކު ބޯޓުގެ ކެޕްޓަނަށް ގުޅާއި އެ މައުލޫމާތު ހިއްސާކުރި ކަމަށާއި އަދި އަނބުރާ މާލެއަށް ދިޔުމަށް ނަސޭހަތްތެރިވި ކަމަށް ޔަހްޔާ ވިދާޅުވި އެވެ. 

ޔަހްޔާ ވިދާޅުވި ގޮތުގައި ނަސޭހަތް ގަބޫލުކޮށް ބޯޓުން މިހާރު ދަތުރު ފަށާފައި ވަނީ މާލެއަށް އައުމަށެވެ. 

ވ. އަތޮޅުގައި ބޯޓު އޮއްވާ، ހަތަރު ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައި ވަނީ މާލޭ ފަޅުގައި އަޅާފައި އޮންނަ ބޯޓު ފަހަރުން ރެންޑަމްކޮށް ނެގި ސާމްޕަލަކުންނެވެ.

އެ ބޯޓަކީ މ. އަތޮޅު މުދާ ހިފައިގެން ދަތުރުކުރާ ބޯޓެކެވެ. މިއީ އެރަށުން ބަޔަކަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް