އެރަށު ކައުންސިލުގެ ރައީސް މުހައްމަދު އާޒިމް ވިދާޅުވީ މިއަދު ހެނދުނު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރ. އުނގޫފާރުގައި ފަރުވާދެމުންދިޔަ އެރަށު މީހަކު އިތުރު ފަރުވާއަށް މާލެ ގެނެއި ފަހުން ބައްޔަށް ޕޮޒިޓިވްކަން އެނގުމުން ކަމަށެވެ.
އެގޮތުން ކޮންޓެކްޓް ޓްރޭސިން ނިމެންދެން އެރަށަށް އަރާއި ފޭބުން މަނާކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަދު ވަނީ އުނގޫފާރު ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެރަށުގައި ވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާއިރު އަށް ޑޮކްޓަރުންނާއި 26 ނަރުހަކު ވަނީ އެކަހެރިކޮށްފަ އެވެ.