ads
ޔާސިރު--
ޔާސިރަށް ސުވާލެއް އަދި ދައުވާއެއް ނުކުރީ ތުހުމަތުގައި އަސާސެއް ނެތުމުން: އާއިލާ
ރާއްޖޭގައި ހައްޔަރު ކޮށްފައި ހުރި ހުއްޓާ މަރުވި ޔާސިރު ޔަހުޔާއަށް އެއްވެސް ސުވާލެއް، ތަހުގީގެއް އަދި ދައުވާއެއް ވެސް ކޮށްފައި ނުވަނީ އޭނާގެ މައްޗަށް ދައުލަތުގެ ތިން އިދާެރާއިން ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމުން ކަމަށް އާއިލާއިން ބުނެފި އެވެ.

އާއިލާގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި ބުނީ، އޭނާގެ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނީ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ހައްގުތަކުން މަހްރޫމުކޮށް، ޝަރީއަތަކާއި ނުލައި ބަންދުކޮށްފައި ހުރި ޔާސިރު ޔަހްޔާއަށް ލިބެމުން ދިޔަ ނަފްސާނީ އަދި ޖިސްމަނީ އަނިޔާތަކަށް ކެތްނުކުރެވިގެން އެކަމާއި ދެކޮޅަށް ކުރި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ސަބަބުން ކަމަށެވެ. 

އާއިލާއިން ބުނީ ޔާސިރުގެ ހާލު ގޯސްވެފައިވަނީ ސްޓްރޯކެއް ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި އެޑްމިޓް ކުރިފަހުން 01 ޖުލައި 2020 ގައި ހާޓް އެޓޭކެއް ޖެހިފައިވާކަމަށާއި ޖެހިގެން އައި ދުވަހު ހެދި އެމްއާރއައި ސްކޭންއިން ސިކުނޑިއަށް ލޭ އެޅިފައިވާކަމާއި އެކަމުގެ ސަބަބުން ދާއިމީ ގެއްލުމެއް ލިބިދާނެކަމަށް ލަފާކުރާކަމަށް އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުން މައުލޫމާތުދޭ ކަމަށެވެ.

އަދި 2014 ވަނަ އަހަރު ޔާސިރު ޔަހްޔާއަށް ރާއްޖެއަށް އެތެރެވި ފަހުން، ގިނަ ގައުމުތަކެއްގެ އިންޓެލިޖެންސް އިދާރާތަކަކުން އޭނާއަކީ ނުރައްކާތެރި ނިރުބަވެރި ޖަމާއަތަކަށް ނިސްބަތްވާ އިސް މީހެއްކަން ބަޔާންކޮށް މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ކައުންޓާ ޓެރަރިޒަމްއަށް މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި އަދި ފުލުހުން ފާރަލަމުން ދިޔަކަމަށް، ދައުލަތުގެ ތިން އިދާރާއެއް ހިމެނޭ ގޮތަށް ނެރުނު ނޫސްބަޔާނުގައި އަސާސެއް ނެތް ކަންކަން ހިމެނޭ ކަމަސް އާއިލާއިން ބުނެ އެވެ. 

"ޔާސިރު ޔަހްޔާއަކީ [މުޖުތަމަޢުއަށް ނުރައްކާ ފަރާތެއް]ކަމަށް ދައުލަތުގެ އިދާރާތަކުން ނިންމައި ދިވެހިރާއްޖެ ދޫކޮށް ފުރައިގެން ދިޔުމަށް އަންގާފައިވަނީ 1 ފެބްރުއަރީ 2017 ގައި ކަމަށް ދައުލަތުގެ 3 އިދާރާއަކުން ގުޅިގެން ނެރުނު ނޫސްބަޔާނުގައި އޮތްއިރު، [މުޖުތަމަޢުއަށް ނުރައްކާ ފަރާތެއް] ކަމަށް ބެލެވޭ މީހަކު މެރިއެޖް ވިސާ ކެންސަލް ނުކޮށް އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި 03 އަހަރާއި 16 ދުވަސްވަންދެން ދޫކޮށްލާފައި ބެހެއްޓުމަކީ، ދައުލަތުގެ 3 އިދާރާއިން ނެރުނު ނޫސްބަޔާނުގައި ކޮށްފައިވާ ތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަން ފާހަގަކުރަމެވެ،"

އޭގެ އިތުރުން އާއިލާ އިން ބުނީ އެކެއް ފެބްރުއަރީގައި މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުވުމަށް އޭނާއަށް އެންގި ކަމަށާއި ހާޒިރުވުމުން އެއްވެސް ތަފްސީލެއް ނުދީ ވަނީ ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައި ކަމަށެވެ. ވަގުތުން ވަގުތަށް ފުރަން އެންގިއިރު އޭރު އަންހެނުން އިނީ ބަލިވެ ކަމަށާއި ބަނޑަށް އަށް މަސް ކަމުން އެ ހާލަތުގައި ހުއްޓައި ވައިގެ މަގުން ދަތުރުނުކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ އާއި އަދި އެއާލައިންތަކުން ވެސް ބަނޑަށް 8 މަސްވެފައިވާ ފަރާތަކަށް ދަތުރުކުރުމުގެ ފުރުސަތު ނުދޭނެތީ، ވިހައި ގަދަވުމުން ފުރައިގެން ދާނެކަމަށް އިމިގްރޭޝަނަށް އެންގި ކަމަށެވެ. 

ބަޔާނުގައި ބުނީ ޔާސިރަށް ފުރައިގެން ދިއުމަށް އެންގި ސަބަބު ހޯދަން އޭނާގެ ވަކީލުންގެ ފަރާތުން އިމިގްރޭޝަނަށް ސިޓީ ފޮނުވުމުން ވަނީ "ޔާސިރު ޔަހްޔާއާއި އެކަމާއި ގުޅޭގޮތުން ސުވާލުކުރުމަށް ފެ ންނަކަމަށް" ބުނެފައި ކަމަށެވެ. 

އަދި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ދިވެހިރާއްޖެއިން ބޭރުގަ ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތަކާއި ގުޅިގެން ރާއްޖޭގައި މީހުން ރެކްރޫޓް ކުރުމަށް އުޅޭ ކަމުގެ ތުހުމަތުގައި މާޗު މަހުގެ ތިން ވަނަ ދުވަހު، އޭނާ ހައްޔަރުކުރި ނަމަވެސް، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން ވެސް އޮޅުން ފިލުވައިދީފައި ނުވާއިރު، އަދި އެ ތުހުމަތުތަކާއި ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައި ނުވުމަކީ އެ ތުހުތަމުތަކުގައި އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށެވެ. 

އާއިލާ ވަނީ ޔާސިރު ފުރައިގެން ދިއުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓްރީ ހޯދުމުގައި ވެސް އާއިލާއިން އެއްބާރުލުންދީފައިވާނެ ކަމަށާއި އެކަމާއި ގުޅިގެން ތިން އިދާރާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ހުރީ ދޮގު ކަމަށް ވެސް ބުނެފަ އެވެ.

"ދިވެހި ކަނބަލަކު ހުވަފަތްވެ ޢުމުރުން އެންމެ 3 އަހަރުގެ ކުޑަކުއްޖަކު ޔަތީމުވެފައިވާ މި ދަ ނޑިވަޅުގައި ދަޢުލަތުގެ އިދާރާތަކުން ޔާސިރު ޔަޙްޔާ އާއި މެދު ހިންގާފައިވާ ލާއިންސާނީ އަދި ޣައިރު ޤާނޫނީ ޢަމަލުތައް ފޮރުވުމަށް ނެރުނު ޒިންމާދާރުކަން ކުޑަ ނޫސްބަޔާނުގެ ސަބަބުން މަރްޙޫމް ޔާސިރު ޔަހްޔާގެ އާއިލާއަށް ވަނީ އިތުރު ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި މި ބަޔާން މި ގޮތަށް ނެރެފައިވަނީ ޔާސިރް ޔަޙްޔާގެ ދަރިފުޅު، މިއަދު އުމުރުން އެންމެ 3 އަހަރުގެ ކުޑަކުއްޖާއަށް އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ކޮށްފާނެ އެއްވެސް އަސަރަކަށް ބެލުމެއްނެތިކަން ހިތާމައާއިއެކު ފާހަގަކުރަމެވެ"
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް