ads
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރު
މަސައްކަތުގެ ފެންވަރު ދަށްވެގެން 10 ކޯޓު އެޑްމިނިސްޓްރޭޓަރަކު ވަކިކުރަނީ
ކޯޓުތަކުގެ އިދާރީ އެންމެ އިސް ވެރިންގެ ގޮތުގައި މަސައްކަތް ކުރާ 10 ކޯޓު އެޑްމިނިސްޓްރޭޓަރަކު، މަސައްކަތުގެ ފެންވަރު ދަށް ވެގެން ވަޒީފާއިން ވަކިކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނޯޓިސް ދީފިއެވެ.

އެ ޑިޕާޓްމެންޓުން ބުނީ، ހަ މަސް ދުވަހުގެ މުއްދަތަށް މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު، ފެންވަރު ދަށް ކަމަށް ފާހަގަ ކުރެވުނު 10 ކޯޓު އެޑްމިނިސްޓްރޭޓަރަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދީފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން 10 ކޯޓެއްގެ އިދާރީ އެންމެ އިސްވެރިންނެއް ކަމެއް އެ ޑިޕާޓްމެންޓުން ނުބުނެއެވެ. 

ޑީޖޭއޭއިން ބުނި ގޮތުގައި ކޯޓު އެޑްމިނިސްޓްރޭޓަރުން ނުވަތަ ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިންގެ މަސައްކަތުގެ ފެންވަރު ބެލީ ވަށައިޖެހޭ އެޕްރައިޒަލް ނިޒާމެއް ތައާރަފްކޮށް އެ ނިޒާމުގެ ތެރެއިންނެވެ. މަސައްކަތުގެ ފެންވަރު ބަލާފައިވަނީ، އެ އެޑްމިނިސްޓްރޭޓަރަކު މަސައްކަތް ކުރާ ކޯޓުގެ ފަނޑިޔާރުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި، ޑިޕާޓްމަންޓުގެ ސެކްޝަންތަކުގެ ވެރިންނާއި ކޯޓުގެ މުވައްޒަފުންނާއި ކޯޓުން ހިދުމަތް ހޯދާ އާއްމު ފަރާތްތަކާއި އެ ފަރާތެއްގެ މަސައްކަތުގެ ފެންވަރު ބެލޭ ފަރާތް ވެސް ހިމެނޭ ގޮތަށެވެ. ވަޒީފާއިން ވަކިކުރަން ނޯޓިސް ދީފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު، ހަތްދިހަ އިންސައްތައަށް ވުރެ ދަށުން މާކްސް ލިބުނު ފަރާތްތަކެވެ.

މަސައްކަތުގެ ފެންވަރު ދަށްވެގެން 10 ކޯޓު އެޑްމިިނިސްޓްރޭޓަރަކަށް ނޯޓިސް ދީފައިވާއިރު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ހޯދަންވެސްވަނީ އިއުލާންކޮށްފައެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެވެ. އެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ، ކުރިންވެސް އެ މަގާމު ފުރުއްވި ޑރ. ޢަބްދުﷲ ނަޒީރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް