ads
ފޮޓޯ: އެމްޓީސީސީ
ރަކީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި
ވ. ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

ރަކީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 429 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އޭގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަކީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

 އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 18.5 މިލިއަން ރުފިޔާއަށް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް