އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ނޫހެއްގައި ލިޔެފައިވާ ހަބަރަކަށް ކުރެއްވި ޓްވީޓެއްގައެވެ. އަދި މިއާއިއެކު އަލީ ހުސައިން މިހެން ވިދާޅުވި އިރު ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ ބުނަމުންނެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭ. އެސް. ސީ އަކީ ދިވެެހިރާއްޖޭގައި އޮތް އެންމެސިޔާސީ މުއައްސަސާ ކަމަށެވެ.
އަދި އެއީ ސިޔާސީ ކަށި އޮއިވަރު ދެމޭ ސިޔާސީ ނުފޫޒު އިންތިހާޔަށް އެގޮތް މިގޮތަށް ހިންގޭގޮތަށް އެކަށަ އެޅިފައިވާ ތަނެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީ ވާންޖެހޭނީ މިނިވަންތަނަކަށް ކަމަށާ އެކަމަކު އެއީ މިނިވަން ތަނެއް ނޫން ކަމަށެވެ.
ރައްޔިތުންގެ ވޯޓަކުން ޖޭއެސްސީގެ މެމްބަރުން ހޮވަން ޖެހޭ ކަމަށް އާންމު ރައްޔިތަކު ބުނުމުން އަލީ ހުސައިން ވިދާޅުވީ އެއީވެސް މާރަނގަޅު ހިޔާލެއް ކަމެއް ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީއަށްވެސް ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން މެމްބަރުން ހޮވުން އެންމެ ރަނގަޅު ކަމަށާ މިހާރު އޮތް ގޮތަށްވުރެވެސް އެގޮތް މާ ރަނގަޅު ކަމަށެވެ.
ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ސިޔާސީ ނުފޫޒު އޮތް ކަމަށް ބުނެ އާންމުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެމްބަރަކާއި އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރެއް އިންނަވައެވެ.
ޖޭއެސްސީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު އިންނަވައިގެން ބައެއް ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުން ގެންދާކަމަށްވެސް އިދިކޮޅު ޕާޓީތަކުން އަންނަނީ ބުނަމުންނެވެ.