ads
ފޮރިން މިނިސްޓްރީ
ޑިޕްލޮމެޓިކް ވަފުދަކަށް އިސްރާއީލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް އިސްރާއީލުން ހަމަލާދިންކަން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
Advertisement

 ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަގްވާމީ ގާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފަށް ކުރި މި އަމަލަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުން އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތަކެއް ކަމަށާއި، އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާ މުޅިން ހިލާފު ކަމެއް ކަމަށް ބަޔާންކޮށްފައެވެ. މިކަމަކީ ބައިނަލްއަގްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއިން ވަނީ އިސްރާއީލްގެ މި އަމަލުތައް ކުށްވެރިކޮށް، ބައިނަލްއަގްވާމީ މުޖުތަމައުން އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖެއިން ގޮވާލާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް