ads
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީ
ހަސަން އަލީ އިސްތިއުފާ ދިނުމުން ހައިކޯޓަށް ފަނޑިޔާރަކު ހޯދަނީ
ވަގަށް ނަގާ މަރާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މަރުގެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި އެވެ.

ހަސަން އިސްތިއުފާ ދެއްވުމުން، ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އެހެން ފަނޑިޔާރަކު ހޯދަން ޖޭއެސްސީން އިއުލާން ކުރީ ބުދަ ދުވަހު އެވެ. ހައިކޯޓުގެ ފަނޑިޔާރަކަށް މުސާރަ އަދި އިނާޔަތް ހިމެނޭ ގޮތަށް މަހަކު ބައިލައްކައަށްވުރެ ގިނަ ރުފިޔާ ލިބޭނެއެވެ. ޖޭއެސްސީންވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ އިތުރުން ކުރިމިނަލް ކޯޓަށްވެސް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މަހަކު ސާޅީސް އަށްހާސް ރުފިޔާ ލިބޭނެ އެވެ.

ހައިކޯޓަށް ފަނޑިޔާރެއް ހޯދަން މި އިއުލާން ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ހަސަން އަލީ އިސްތިއުފާ ދެއްވާފައިވުމުންނެވެ. ހަސަން މަގާމުން އިސްތިއުފާ ދިން އިރު، މި ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހަސަން ހުރީ ސަސްޕެންޑްކޮށްފައެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރި އިރު އެ ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ހުރީ ސަސްޕެންޑްކޮށްފަ އެވެ. ޝުޖާއު އުސްމާނާ ގުޅޭ ސީރިއަސް މައްސަލަތަކެއް ޖޭއެސްސީން ތަހުގީގު ކުރަމުން އަންނަ އިރު، ޝުޖާއު އުސްމާނާއި އެއް މައްސަލަތަކެއްގައި ހިމެނުނު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުވަނީ މަގާމުން ވަކިކުރަން ނިންމުމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. ބެލެވޭ ގޮތުގައި ޝުޖާއު އުސްމާނު ވެސް އެ މައްސަލަތަކުގެ އަލީގައި ޝުޖާއު އުސްމާނުވެސް މަގާމުން ވަކިކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް