ads
ރ. ހުޅުދުއްފާރު-- ފޮޓޯ: އަހުމަދު މުބާރިކް
ހުޅުދުއްފާރުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރ. ހުޅުދުއްފާރުގައި ހޯމް ކަަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
Advertisement

އެރަށު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި އަންހެން މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ އިއްޔެ އިރުއޮއްސުނު ހާއިރެވެ. 

އެމީހާއަކީ ހޯމް ކަރަންޓީނުވުމަށް އިއްޔެ އެރަށަށް ދިޔަ މީހެކެވެ. އެގޮތުން އެމީހާ ބައްޔަށް ޓެސްޓްކޮށްފައި ވަނީ މާލެއިން ކަމަށް ޝަރީފް ވިދާޅުވީ އެވެ.

ރަށަށް ދިޔަ ފަހުން ބައްޔަށް ޕޮޒިިޓިވްކަން އެނގުނުއިރު މިއީ އެރަށުން ކޮވިޑް ޖެހުނު ދެވަނަ މީހާ އެވެ. މީގެ ކުރިން ވެސް ހޯމް ކަރަންޓީނުގައި ހުރި މީހަކު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލުން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް