ads
ދިރާގުގެ ހެޑް އޮފީސް
ދިރާގު މަމެންގެ އާ ފީޗާ އާއި އެކު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ
ދިރާގު މަމެންގައި ތައާރަފްކުރި އާ ފީޗާ އާއި އެކު ކު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެގޮތް ތައާރަފުކޮށްފިއެވެ.
Advertisement

"މަމެން ރިފެރަލް" ފީޗާ ގެ ނަމުގައި ތައާރަފްކުރި ފީޗާ މެދުވެރިކޮށް މިހާރު މަމެން ގެންގުޅޭ ކަސްޓަމަރުން އާއިލާ އާއި ރައްޓެހިންނަށް "މަމެން" ޕްލޭންސް އެކްޓިވޭޓް ކުރުމަށް "ރިފާ" ނުވަތަ ދައުވަތުދީގެން ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެެވެ. 

މަމެން ރެފަރަލް މެދުވެރިކޮށް މަމެން ޕްލޭނެއް ނެގުމުން "ރިފާ" ކުރި ކަސްޓަމަރުގެ އިތުރުން، އެ ރެފަރަލް މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށްވެސް ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. 

ހުރިހާ މަމެން ކަސްޓަމަރުންނަށްވެސް މަމެން އެޕްގައިވާ "ރިފަރަލް ޓެބް" މެދުވެރިކޮށް ހާއްސަ "ރިފަރަލް ކޯޑް" އެއް ލިބޭނެ ކަމަށާއި މި ކޯޑް މެދުވެރިކޮށް ބޯނަސް ޑޭޓާ އާއި ލީޑާބޯޑް ޓްރެކް ކުރެވޭނެ ކަމަށް ދިރާގުން ފާހަގަކުރެ އެވެ. 

މަމެން އެޕް ގޫގުލް ޕެލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯ އިން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ. 

އޭގެ އިތިރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ދަށުން 31 އޮގަސްޓް ގެ ނިޔަލަށް މަމެން ޑޭޓާ އެޑް-އޮންތަކުން 25 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. 

މަމެންނަކީ އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހަމަޖައްސާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އިންގިލާބީ މޯބައިލް ޕްލޭނަކެވެ. މި ޕްލޭން ދިރާގުން ތައާރަފްކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ.  

ޒުވާނުންނަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ.  

ޒުވާނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތައްކެއް ކުރުމަށް ދިރާގުން ނުހަނު ބޮޑު އިސްކަމެއްދާ ކަމަށާއި ޒުވާނުންގެ މެދުގައި މަގުބޫލް ކެފޭތަކާއި ފިހާރަ ފަދަ ތަންތަނާ ގުޅިގެން ގިނަ ފައިދާތައް މަމެން ކަސްޓަމަރުންނަށް ލިބޭނެ މަގުތައް ދިރާގުން ހޯދަމުންދާ ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް