ads
ޅ.ކުރެންދޫ ގެޔަކަށް ފެންވަދެފައި— ފޮޓޯ: އެމްއެންޑީއެފް
ކުރެންދޫ އަށް ބޯކޮށް ވާރޭވެހި ފެން ބޮޑު ވެއްޖެ
ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގައި ފެން ބޮޑުވެ ބައެއް ގޭގެ އަށް ފެން ވަދެއްޖެ އެވެ
Advertisement

މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުގެ ނޮދާން އޭރައާ ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތްކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ އެރަށުގެ ބައެއް ސަރަހައްދުގައި ފެންގަނޑު ބޮޑުވެފައިވާތީ އެސަރަހައްދުތަކުން ފެން ހިންދުމަށްޓަކައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އެންމެންޑީއެފްއިން އިތުރަށް ބުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ފެންގަނޑު ބޮޑުވެ ކުރެންދޫގެ ހަ ގެޔަކަށް ފެންވަދެފައިވާކަަމަށެވެ. މި މައުލޫމާތު ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 16:17 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

your imageއެމްއެންޑީއެފް ޓުވީޓް

ކުރެންދޫ އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައި ވާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އތުރުގެ ރަށްތަކަށް މިއަދު މެންދުރު 14:15 އިން ފެށިގެން ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެ އެވެ. 

މެޓުން ބުނީ، ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. 

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މެޓުން ބުނެ އެވެ. މެޓުން އިތުރަށް ބުނީ ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ފަސް ފޫޓުގައި ކަމަށެވެ. އަދި އެހެން ހިސާބުތަކުގައި ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށެވެ.

މެޓުން ބުނިގޮތުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވެ އެެވެ. މެޓުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް