ads
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ގެ ސިފައިން ހަރަކާތްތެރިވަނީ
ނައިފަރުގައި ފެންބޮޑުވެ ހަތަރު ގެޔަކަށް ފެންވަދެއްޖެ
މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ ހަތަރު ގެޔަކަށް ފެންވަދެއްޖެ އެވެ.
Advertisement

އެމްއެންޑީއެފް އިން ބުނީ އެރަށުގެ ބައެއް ސަރަހައްދުގައި ފެންގަނޑު ބޮޑުވެފައިވާތީ އެސަރަހައްދުތަކުން ފެން ހިންދުމަށްޓަކައި ޕަންޕު ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެންމެންޑީއެފް އިން އިތުރަށް ބުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ފެންގަނޑު ބޮޑުވެ ނައިފަރުގެ ހަތަރު ގެޔަކަށް ފެންވަދެފައިވާ ކަަމަށެވެ. އެކަމުގެ މައުލޫމާތު ރިޕޯޓް ކޮށްފައިވަނީ މިއަދު 18:53 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ގެ ނޮދާން އޭރައާ ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި މިއަދު ހަރަކާތްތެރިވަމުންނެވެ. 

ނައިފަރުގެ އިތުރުން މިއަދު ވަނީ ހދ. ކުޅުދުފުއްޓަށާއި ޅ.ކުރެންދޫ އަށްވެސް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ބޮޑެތި ގެންލުންތަކެއް ވެފައެވެ.

ގިނަ ރަށްތަކަކަށް މޫސުން ގޯސްވެ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އތުރުގެ ރަށްތަކަށް މިއަދު މެންދުރު 14:15 އިން ފެށިގެން ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެ އެވެ. 

މެޓުން ބުނީ، ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. 

އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މެޓުން ބުނެ އެވެ. 

މެޓުން އިތުރަށް ބުނީ ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ފަސް ފޫޓުގައި ކަމަށެވެ. އަދި އެހެން ހިސާބުތަކުގައި ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.

މެޓުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް