ads
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ދިވެހި މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމަށް ހައްލެއް ނާދޭ: އަލީ ހުސައިން
ވަޒީފާ އަދާ ކުރާ ދިވެހީންނާއި ބިދޭސީންނާއި ދެމެދު އަދިވެސް ބައެއް އިނާޔަތްތައް ދިނުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ރައޔިތުންގެ މަޖިލީހުގެ ބ ކެންދޫ ދާއިރަގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީއަށް 12 އަހަރު ފުރުމާއި ގުޅިގެން އަލީ ހުސައިން ކުރައްވާފައިވާ ޓްވީޓެއްގަިއ ވިދާޅުވީ، ގާނޫނު އަސާސީއަށް މިއަދު ބާރަ އަހަރު ފުރޭޢިރުވެސް ވަޒީފާ އަދާ ކުރާ ދިވެހީންނާއި ބިދޭސީންނާއި ދެމެދު ބައެއް އަސާސީ އިނާޔަތްތައް ދިނުމުގައި ބޮޑު ތަފާތުކުރުންތަކެއް ގެންގުޅެ ކަމަށެވެ.

 އެގޮތުން އަލީހުސައިން ވިދާޅުވީ ދިވެހި ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، އެކައުންޓެންޓުންގެ އިތުރުން ޕައިލެޓުންނަށް، ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެނިހެންގައުމުތަކުގެ މީހުންނާއި އެއްގޮތަށް ހައުސިން އަދި ފުޑް އެލަވަންސް ދިނުމުގައި އޮތް ތަފާތުކުރުމަށް ހައްލެއް ނާންނަ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ އެއްވެސް މީހަކު ނިސްބަތްވާ ގައުމަކަށް ބަލާ ތަފާތު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަކަމަށެވެ. ބިދޭސީ މުވައްޒަފުންނަށް ހައުސިން އަދި ފުޑް އެލަވަންސް ލިބޭއރިރު އެ އިނާޔަތްތައް ދިވެހި މުވައްޒަފުންނަށްވެސް ލިބެންޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ހައުސިން އަދި ފުޑް އެލަވަންސް ދިނުމަކީ ކޮންމެ މީހަކަށްވެސް ލިބެން ޖެހޭ އަސާސީ ހައްގެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ވަޒީފާ އަދާ ކުރާ ދިވެހީންނާއި ބިދޭސީންނާއި ދެމެދު ބޮޑެތި ތަފާތު ކުރުން ތަކެއް ގެންގުޅޭ ކަމުގެ ޝަކުވާއަކީ އަބަދުވެސް މުވައްޒަފުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. ވަކީން ހާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހީންނާއި ބިދޭސީންނާއި ދެމެދު ރިސޯޓުތަކުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ރިސޯޓުތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ބުނެއެވެ.

މީގެ އިތުރުން ބޭރު މީހުންނަށް ދޭ އިނާޔަތްތައް ދިވެހީންނަށް ލިބެމުން ނުދާކަމަށްވެސް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް