ads
އާސަންދަ އޮފީސް-- ފޮޓޯ: އަވަސް
އާސަންދައިގެ ދަށުން އިތުރު 50 މީހަކު އިންޑިއާއަށް ފުރައިފި
ބަލި މީހުންނާ އެހީތެރިންނާއެކު ޖުމްލަ 50 މީހުން އިންޑިއާގެ ޓްރިވެންޑްރަމަށް ފުރައިފި އެވެ.

އާސަންދަ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވާފައިވާ ހައްސަ ހުއްދައާއިއެކު، އާސަންދައިގެ ހަރަދުގައި ފަރުވާ ހޯދުމަށް މިއަދު އިރުއޮއްސި 18:30 ގަ، ބަލިމީހުންނާ އެހީތެރިންނާއެކު މުޅި ޖުމުލަ 50 މީހުން އިންޑިއާއަށް ފުރާފައިވާ ކަމަށެވެ. އަދި މިއީ އެގޮތަށް އިންޑިއާއަށް ފުރި ހަތަރުވަނަ ބެޗު ކަމަށް އާސަންދައިން ބުނެ އެވެ. 

އެބެޗްގަ ވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކު ކަމަށް އާސަންދައިން ބުނެ އެވެ. އިންޑިއާއިން ވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށާއި އަދި އެ ޤައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. 

މިއަދު ފުރި މީހުންގެ ތެރެގައި ހިމެނެނީ 21 ޕޭޝަންޓުންނެވެ. މީގެތެރެއިން 9 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ އެއިމްސް ހޮސްޕިޓަލުގައެވެ. ބާކީ 12 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލުގައެވެ. ޕޭޝަންޓުންނާއި އެހީތެރިންވެސް ކަރަންޓީނުގައި ތިބޭނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެއެވެ.

އޭގެ އިތުރުން އާސަންދައިން ބުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ފުރި ބެޗުން ތިން ދިވެހިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުންވަނީ، އިންޑިއާގެ ހެލްތް ޕްރޮޓޮކޯލާ އެއްގޮތަށް، އެހެން ފަރާތްތަކާ ވަކިން އައިސޮލޭޓްކޮށްފައި ކަމަށާއި އެގޮތަށް އައިސޮލޭޓްކުރިޔަސް އެމީހުންގެ ހާލު ބަލާ އެސެސްކުރުމަށްފަހު އިމަޖަންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުން އަންނަ ކަމަށެވެ. 

އާސަންދައިން ވަނީ ހޮސްޕިޓަލާ ގުޅިގެން ބަލިމީހުންގެ ފަރުވާގެ ކަންކަން ކުރިއަށްދާގޮތް ގާތުން ބަލަމުންމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް